ޕާކިސްތާނުގައި އިތުރު ޓެކްސްއެއް
ޕާކިސްތާނުގައި މިހާރުވެސް ދަތިވެފައިވާ ސިއްހީ ދާއިރާއިން ދާދި ފަހުން ޓެކްސް ނަގަން ފެށުމުން މުޅި ގައުމުގައި ވަނީ ކަންބޮޑުވުން އުފެދިފަ އެވެ.
ފާމަސޫޓިކަލް އިންޑަސްޓްރީއަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ.
ކަރާޗީގެ ފާމަސޫޓިކަލް ކުންފުންޏެއްގެ ސީއީއޯ މުހައްމަދު ބިލާލް ވަނީ ސަރުކާރުގެ ފަހުގެ ސިޔާސަތުތަކުގެ ސަބަބުން ބޭސްވެރިކަމުގެ ދާއިރާއަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ވަރަށް ނުރައްކާތެރި މަންޒަރެއް ދައްކަވާފަ އެވެ.
"ބޭހުން ނަގާ ޓެކްސްގެ ސަބަބުން ފާމަސޫޓިކަލް އުފެއްދުމުގެ 50 ޕަސެންޓް ވަނީ ހުއްޓިފައި. މިއަދު ޑިސްޓްރިބިއުޓަރުންނަށް ބޮޑު ގެއްލުމެއް ލިބުމުން، އުފެއްދުންތެރިކަން ވަނީ ނާދިރު ކަމަކަށް ވެފައި، އެހެންވެ ސަޕްލައި ވަނީ ހުއްޓިފަ އެވެ. ފުޅިއާއި ފޮއިލް އަދި ކޮންމެ މެޓީރިއަލްއަކުން ވެސް ސަރުކާރުން ވަނީ ޓެކްސް ނަގައިފަ އެވެ. ޑިސްޓްރިބިއުޓަރުން ދަނީ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންނެވެ. މިހާރު އާދައިގެ މީހުންނަށް ބޭސް އަގުބޮޑުވަމުން މިދަނީ،" ބިލާލް ވިދާޅުވި އެވެ.
އާދައިގެ ރައްޔިތުންނަށް އޭގެ ނަތީޖާ ވަރަށް ބޮޑެވެ. ޕާކިސްތާނު މީހުންގެ އެވްރެޖް މުސާރަ ކުޑަކަމަށާއި، ޓެކުހުގެ ބުރަ ބޮޑުވުމުގެ ސަބަބުން ގިނަ ބަޔަކަށް އިޤްތިޞާދީ ގޮންޖެހުންތައް ވަނީ ބޮޑުވެފައެވެ.
ބިލާލް ވިދާޅުވި ގޮތުގައި މިތަނުގައި އެވްރެޖްކޮށް މުސާރައަކީ ޕީކޭއާރު (ޕާކިސްތާން ރުޕީސް) 25،000 އެވެ. އެންޓިބަޔޮޓިކްސްގެ ރީޓެއިލް އަގަކީ 180 ރުޕީސް ކަމަށް ވާއިރު، މިހާރު ވަނީ 300ރ. ފާމަސޫޓިކަލް އިންޑަސްޓްރީ އޮތީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ރަނގަޅު ފުރުސަތެއް ލިބިއްޖެ ނަމަ ޕާކިސްތާން ދޫކޮށްދާނަން،" ބިލާލް ވިދާޅުވި އެވެ.
ފާމަސޫޓިކަލް ދާއިރާއިން ބޭރުން، މި ޓެކްސްތަކުގެ ރިޕަލް އިފެކްޓްތައް މުޅި ސިޓީގައި ގުގުމަމުން އަންނައިރު، އެކި ދާއިރާތަކުގެ އިގްތިސާދީ ހީނަރުކަން ދަނީ އިތުރުވަމުންނެވެ.
މިކަމުގެ ސަބަބުން ކާޑުގެ ބާވަތްތަކާއި ތެޔޮ ފަދަ ޒަރޫރީ ތަކެތީގެ އަގުތައް ބޮޑުވެ، އާންމު ރައްޔިތުންނަށް މާލީ ބުރަ ބޮޑުވެއްޖެ އެވެ.
"ސަރުކާރުން ހުރިހާ ކަމެއް ވެސް އަގުބޮޑު ކުރަނީ. ޕެޓްރޯލާއި ފުށް، ހަކުރު، ހުރިހާ އެއްޗެއް ވެސް ވަނީ އަގުބޮޑުވެފަ އެވެ. މި ސަރުކާރު ވެރިކަމަށް އައި ގޮތާ މެދު އާންމުން ހޭލުންތެރިވި ނަމަވެސް ރައްޔިތުންގެ މަސްލަހަތަށް ޓަކައި ފިޔަވަޅު އެޅުމަށް ވަރަށް ބޮޑަށް ގޮވާލަން،" ބިލާލް ވިދާޅުވި އެވެ.