ޚަބަރު

ކުރަމަތި ރިސޯޓު 3 މަހަށް ބަންދުކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

ކުރަމަތި އައިލެންޑް ރިސޯޓު ތިން މަސް ދުވަހަށް ބަންދުކުރުމަށް އެ ރިސޯޓުގެ މެނޭޖްމަންޓުން ނިންމައިފިއެވެ.

Ads by MWSC

ކުރަމަތި އައިލެންޑް ރިސޯޓުން ބުނެފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަންނަ މަހުގެ 1 އިން ފެށިގެން 30 ޖޫންއާއި ހަމައަށް ރިސޯޓުގެ ހުރިހާ އޮޕަރޭޝަނެއް ހުއްޓުމަކަށް ގެނެސް ރިސޯޓު ބަންދުކުރުމަށް ނިންމާފައިވާކަމަށެވެ.

އަދި މިއަހަރުގެ ޖުލައި މަހު އަލުން ރިސޯޓު ހުޅުވާނެކަމަށް ވެސް ކުރަމަތި އައިލެންޑް ރިސޯޓުން ބުނެއެވެ.

ކުރަމަތި އައިލެންޑް ރިސޯޓުން ދެ މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ކުރަމަތި އައިލެންޑް ރިސޯޓުގެ އިތުރުން ރާއްޖޭގައި ހިންގާ 21 އަށް ވުރެ ގިނަ ރިސޯޓު މިހާރު ވަނީ ބަންދުކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!