ޖަމާއަތް ހަދައިގެން މާރާމާރީ ހިންގި މީހަކު ތަހުގީގު ނިމެންދެން ބަންދަށް

ޖަމާއަތް ހަދައިގެން މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި، ތަހުގީގު ނިމެންދެން މީހަކު ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ ވެބްސައިޓުން ފެންނަ އެ އަމުރުގައި ބުނެފައިވާ ގޮތުން އެއީ 29 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދުގެ މުއްދަތަކީ ތަހުގީގު ނިމެންދެން ބަންދުކުރުން ކަމަށް އަމުރުގައިވެ އެވެ.
ކޯޓު ވެބްސައިޓުގައިވާ އަމުރުތަކުގެ ތެރެއިން އެ ތުހުމަތަށް މިއަދު ބަންދު އަމުރު ނެރެފައިވަނީ އޭނާ އެކަންޏެވެ. އެހެންވެ މި މައްސަލައިގެ އަދި އިތުރު ތަފުސީލެއް ނޭނގެ އެވެ.