ޚަބަރު

ބިދޭސީންގެ ފީ ނުދައްކައި ލައްކައަށް ވުރެ ޖޫރިމަނާ މަތިވެފައިވާ 1026 ކުންފުނި، ލިސްޓު އާންމުކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ކިއޫގައި ގިނަ އަދަދެއްގެ ބިދޭސީން އެބަތިބި -- ދެން އިމޭޖްސް

ބިދޭސީ މުވައްޒަފުންގެ ވޯކް ޕާމިޓާއި ކޯޓާ ފީ ނުދައްކާ އަދި އޭގެ ޖޫރިމަނާ ވެސް ހިމެނޭ ގޮތަށް 100،000 ރ. އަށް ވުރެ މަތިން ދައްކަން ޖެހޭ ކުންފުނިތަކުގެ ލިސްޓު ސަރުކާރުން އާންމުކޮށްފި އެވެ.

Ads by MWSC

ހޯމް މިނިސްޓްރީގެ ރަސްމީ އެކްސް އެކައުންޓުން މި ލިސްޓު އާންމުކޮށްފައިވާއިރު އޭގައި 1026 ކުންފުންޏެއް ހިމެނެ އެވެ. އޭގެ ތެރެއިން ދައުލަތަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހޭ ކުންފުނިތަކުގެ އަދަދު 100 އަށް ވުރެ ގިނަ އެވެ.

މިއީ ސަރުކާރުން މި ގޮތަށް ބިދޭސީންގެ ފީ ނުދައްކާ ޖޫރިމަނާ މަތިވެފައިވާ ކުންފުނިތަކުގެ ލިސްޓެއް އާންމުކުރި ފުރަތަމަ ފަހަރެވެ.

އެ ލިސްޓުގައި ރާއްޖޭގައި ނަން ހިނގާ، ވިޔަފާރި ވަރުގަދަ ނަން މަޝްހޫރު ކުންފުނިތައް ވެސް ހިމެނެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!