ޚަބަރު

ރާއްޖެއިން ބޭރުން އައި ދިވެއްސެއް ކޮވިޑް-19 އަށް ޝައްކުކުރެވިގެން ޓެސްޓު ކުރަނީ

ދެން އެމްވީ

ޔޫރަޕާއި މެދުއިރުމައްޗަށް ދަތުރުކޮށްފައި ރާއްޖެއައި ދިވެއްސެއްގެ ފަރާތުން ކޮވިޑް-19 އަށް ޝައްކުކުރެވިގެން އޭނާ ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން، ވިލާތާއި މެދުއިރުމައްޗަށް ދަތުރުކޮށްފައި އައި ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.

އެހެންކަމުން އޭނާ ވެލިދޫ އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސް އެކަހެރި ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެޗްޕީއިން ބުނެއެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ކޮވިޑް-19 އަށް ފައްސި ވެފައިވާއިރު، އޭގެތެރެއިން ތިން މީހަކު ރަނގަޅުވެފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މި ބަލިން ރަނގަޅުވެފައިވާ ތިން މީހުންނަކީ އއ.ސޭންޑީސް ބަތަލާ ރިސޯޓުން ބައްޔަށް ޕޮޒިޓިވްވި އިޓަލީގެ ދެމަފިރިންގެ އިތުރުން ކުރެއްދޫ އިން ޕޮޒިޓިވްވި މީހެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!