މަޖިލިސް މެންބަރުންގެ އަދަދު ހިފެހެއްޓުމަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ހިފެހެއްޓުމަށް މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި އެވެ.
މަޖިލީހުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުން އެ ކަމަށް ހިޔާލު ހޯދަން ހުޅުވާލާފައި ވަނީ އަންނަ އޮގަސްޓު މަހުގެ އަށްވަނަ ދުވަހުގެ މެންދުރު ދޭއްގެ ނިޔަލަށެވެ.
ހިޔާލު ހުށަހެޅޭނެ އެއް ގޮތަކީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެއިލް އެޑްރެސް އަށް މެއިލް ކުރުމެވެ. އަދި މަޖިލީހުގެ އިދާރާއަށް ލިޔުމުން ވެސް ހިޔާލު ހުށަހެޅޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.
މިހާރު މަޖިލީހުގައި މެންބަރުން ކަނޑައަޅާފައިވަނީ އިދާރީ ދާއިރާތައް ނުވަތަ އަތޮޅުތައް ވަކިވަކިން ހިމެނޭ ގޮތަށް ކޮންމެ 5000 މީހަކަށް މެންބަރެކެވެ. އެއަށްވުރެ މަދު އާބާދީގެ އަތޮޅެއް ނަމަ އެއިން އަތޮޅަކުން ދެ މެންބަރެއް އިންތިހާބު ކުރާ ގޮތަށެވެ.
48 މެންބަރުންނަށް މަދުކުރަންވީ