ބަންގްލަދޭޝްގެ ހަމަނުޖެހުމާ ގުޅިގެން ތިނަދޫގައި މުޒާހަރާކުރި މީހުން ޑީޕޯޓްކުރަނީ

ގދ. ތިނަދޫގައި މުޒާހަރާ ކުރި ބިދޭސީން ޑިޕޯޓް ކުރަން ހޯމް މިނިސްޓްރީން ނިންމައިފި އެވެ.
ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ދާހިލީ ހަމަނުޖެހުންތަކާ ގުޅިގެން ތިނަދޫގައި މުޒާހަރާ ކުރި އެ ގައުމުގެ މީހުން ޑީޕޯޓްކުރަން ނިންމި ކަން ހޯމް މިނިސްޓްރީން ކަށަވަރުކޮށްދިނެވެ.
ހޯމް މިނިސްޓްރީގެ ތަރުޖަމާނު ފާތިމަތު ރިފާއަތު "ދެން އޮންލައިން" އަށް ވިދާޅުވީ ރާއްޖެ އައިސް ސިޔާސީ މަސައްކަތެއް ކުރުމަކީ ވިސާ ވަޔަލަންސެއް ކަމަށެވެ. އެހެންކަމުން އެ މީހުން ކުރީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި ޑީޕޯޓްކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ޑީޕޯޓްކުރާނެ ތާރީހެއް ސީދާ ވިދާޅެއް ނުވި އެވެ.