ރަސްދޫ ސްޕާއެއްގައި ހަށިވިއްކަނިކޮށް ތިން ބިދޭސީއަކު އަތުލައިގެންފި

އއ. އަތޮޅު ރަސްދޫގައި ރަޖިސްޓްރީނުކޮށް ހިންގަމުން ދިޔަ ސެލޫން އެންޑް ސްޕާއެއްގައި ހަށި ވިއްކުމުގެ ވިޔަފާރި ހިންގަނިކޮށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ތިން ބިދޭސީއަކު އަތުލައިގެންފި އެވެ.
ފުލުހުން ބުނީ އެ ރަށު ޝާހިލް ނަމަކަށް ކިޔާ ގޭގައި ރަށި ވިއްކާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެ ދަންވަރު ފުލުހަށް ރިޕޯޓު ކުރުމުން ކޯޓު އަމުރެއްގެ ދަށުން އެ ތަން ބަލައިފާސްކުރި ކަމަށެވެ.
މި މައްސަލާގައި އެ ތަނުން ހައްޔަރުކުރީ 42 އަހަރުގެ ބިދޭސީ އަންހެނަކާއި 27 އަހަރުގެ ބިދޭސީ އަންހެނަކާއި، އުމުރުން 28 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންނެވެ.