ޚަބަރު

މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ބައެއްގެ ވަނަވަރު އާންމުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 10 ގެއެއް ބަލާ ފާސްކޮށް ނުވަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއި އެކުގައި ހައްޔަރުކުރި ނުވަ މީހެއްގެ ވަނަވަރު އާންމު ކޮށްފިއެވެ.

Ads by Sosun Fihaara

ފުލުހުން މިއަދު ބުނީ ގދ. ހޯނޑެއްދޫ، އަލޯރާ، އަރުޝަދު ހާލިދާއި އިތުރު ބަޔަކު ގުޅިގެން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް އެތަކެތި ގެންގުޅެ، ފުޅާދާއިރާއެއްގައި އެތަކެތި ޓްރެފިކް ކުރާކަމަށް ފުލުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ޖެނުއަރީ 30 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން 10 ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން، މި ގެތައް ބަލައި ފާސްކުރިއިރު މަސްތުވާތަކެތީގެ އިތުރުން މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ ގިނަ އަދަދެއްގެ އަލާތްތަކާއި މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުން ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރި ނުވަ މީހުން:

1. ގދ. ހޯނޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދު (24އ) : ވައްކަމާއި ބިރުދެއްކުމުގެ ރެކޯޑު އޮވޭ

2. ގދ. ހޯނޑެއްދޫ، ގުލޭނޫރަންމާގެ، އަލީ ޒުބައިރު (50އ) : މަސްތުވާތަކެއްޗާއި ވައްކަންކުރުމުގެ ރެކޯޑު އޮވޭ

3. ގދ. ހޯނޑެއްދޫ، އިރުމަތީގެ، އަހްމަދު ސުނައިނު (23އ) : މާރާމާރީގެ ރެކޯޑެއް އޮވޭ

4. ލ. ކަލައިދޫ، މަތަރަސްމާގެ، ހުސައިން ޒަހީން (25އ): މަސްތުވާތަކެއްޗާއި ވައްކަންކުރުމުގެ ރެކޯޑު އޮވޭ

5. ކ. މާލެ، މ. ދާރުލްގަރާރު، އިސްމާއިލް ވިޝާލް (25އ): މަސްތުވާތަކެއްޗާއި އަމުރަށްނުކިޔަމަންތެރިވުމުގެ ރެކޯޑު އޮވޭ

6. ކ. މާލެ، މއ. ވައިލެޓްމާގެ، އަސްލަމް ނާޒިމް (37އ): މަސްތުވާތަކެއްޗާއި ވައްކަންކުރުމުގެ ރެކޯޑު އޮވޭ

7. ޅ. ނައިފަރު، މިސްކިތްދޮށުގެ، އަހްމަދު އިމްސާހު (32އ): މަސްތުވާތަކެއްޗާއި ވައްކަންކުރުމުގެ ރެކޯޑު އޮވޭ

8. ގއ. ގެމަނަފުށި، ސުރައްޔާމަންޒިލް، މުހައްމަދު ސިދުރަތު (27އ): ކުށުގެ ރެކޯޑެއް ނެތް

9. ގދ. ހޯނޑެއްދޫ، މެޑްރިޓްހައުސް، އަހްމަދު ގިޔާސް (25އ): ކުށުގެ ރެކޯޑެއް ނެތް

ފުލުހުން ބުނި ގޮތުގައި އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މުހައްމަދު ސިދުރަތާއި މުހައްމަދު ގިޔާސްއަކީ އެއްވެސް ކުށެއްގެ ތުހުމަތުގައި މީގެ ކުރިން ހައްޔަރުކޮށްފައިވާ ބައެއް ނޫނެވެ. އެގޮތުން ހައްޔަރުކޮށްފައިވާ ސިދުރަތު ފެބްރުއަރީ ފަސް ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކޮށް ވަނީ ދޫކޮށްލާފަ އެވެ. އަދި އޭނާ ފިޔަވައި ހައްޔަރު ކުރި މީހުން އަދިވެސް ތިބީ ފުލުހުންގެ ބަންދުގައި ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ ކުށުގެ ވެށިން ގިނަ އަދަދެއްގެ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އެ މައްސަލައިގައި ހިމެނޭ މީހެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓްތަކުގައިވާ ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަމަށް ތަހުގީގަށް ތުހުމަތުކުރެވޭތީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެކައުންޓްތައް ވަނީ ފްރީޒްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ނިންމާ ފެށޭ ހަފުތާތެރޭގައި މައްސަލައިގައި ދައުވާކުރުމާމެދު ގޮތެއް ނިންމުމަށްޓަކައި ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ހުށަހެޅޭނެ ކަމަށެވެ.


Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!