ވިޔަފާރި

ރާއްޖޭގެ އެތެރޭގެ ދަތުރުތަކުގައި ޓިކެޓާއެކު ލައުންޖް އެކްސެސް ފަސޭހަކަމާއެކު ހޯދޭނެ ގޮތް ހަދައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން ވަނީ ރާއްޖޭގެ އެތެރޭގެ ދަތުރުތަކުގައި ދަތުރުކުރާ ފަސިންޖަރުންނަށް ޓިކެޓާއެކު ލައުންޖް އެކްސެސް ފަސޭހަކަމާއެކު ރިޒާވްކުރެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ.

Ads by Hajj Corporation

މި ޚިދުމަތް ތަޢާރަފުކޮށްފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަ މޫނިމާ ލައުންޖާއި ދަރަވަންދޫ އެެއާޕޯޓްގައި ހުންނަ ކަށިމާ ލައުންޖްގެ އިތުރުން އިފުރު އެއާޕޯޓްގައި ހުންނަ ކާނި ލައުންޖްގައެވެ.

މި އައު ޚިދުމަތުގެ ސަބަބުން، ފަސިންޖަރުންނަށް މިހާރު ޓިކެޓް ގަންނަ ވަގުތު ނުވަތަ ދަތުރުގެ 4 ގަޑިއިރުގެ ކުރިން ލައުންޖް އެކްސެސް ގަނެވޭނެއެވެ. މީގެ ކުރިން ލައުންޖް އެކްސެސް ހޯދުމަށް ވަކިން ފައިސާ ދައްކަންޖެހޭއިރު، މި އައު ނިޒާމުގެ ދަށުން ޓިކެޓުގެ އަގާއެކު ލައުންޖް އެކްސެސްގެ އަގު ދެއްކޭނެއެވެ. ލައުންޖް އެކްސެސް ކޯލް ސެންޓަރު, ޓިކެޓް އޮފީސް, ވައިބާ ނުވަތަ ސޭލްސް އެޖެން މެދުވެރިކޮށް ވެސް ރިޒާވް ކުރެވޭނެވެ.

އައިއޭއެސްއެލް އިން ބުނީ, މި ޚިދުމަތް ތަޢާރަފުކޮށްފައިވަނީ ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ. އަދި މި ޚިދުމަތުގެ ސަބަބުން ދަތުރުކުރާ ފަރާތްތަކަށް ފްލައިޓް ފުރުމުގެ ކުރިން ލައުންޖްގައި އަރާމުކޮށްލުމުގެ ފުރުޞަތު ފަސޭހަކަމާއެކު ލިބިގެންދާނެކަމަށް ބުނެފައިވެއެވެ.

އައިއޭއެސްއެލްއިން އިތުރަށް ހާމަކުރި ގޮތުގައި، ލައުންޖް އެކްސެސްގެ އަގު ކަނޑައަޅާފައިވަނީ ވަރަށް ވާދަވެރި އަގެއްގައެވެ. އަދި ލައުންޖްގައި ފަސިންޖަރުންނަށް ލިބޭނެ ޚިދުމަތްތަކުގެ ތެރޭގައި ހިލޭ ވައިފައި، ސްނެކްސް އަދި ޑްރިކްސްގެ އިތުރުން, އަރާމު ކުރުމަށް ރަނގަޅު ފެންވަރުގެ ގޮނޑިއާއި, ފެންވެރުމުގެ އިންތިޒާމް ހަމަޖެހިފައިވެއވެެ.

މި އައު ޚިދުމަތް ތަޢާރަފުކުރުމާއެކު، ރާއްޖޭގެ އެތެރޭގެ ދަތުރުތަކުގައި ދަތުރުކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް އައިއޭއެސްއެލްއިން އުންމީދުކުރެއެވެ. އަދި މި ޚިދުމަތުގެ ސަބަބުން ފަސިންޖަރުންގެ ދަތުރު ތަޖުރިބާ އިތުރަށް ރަނގަޅުވެގެންދާނެކަމަށްވެސް ބެލެވެއެވެ.

މި އައު ޚިދުމަތް ތަޢާރަފުކުރުމާ ގުޅިގެން، ގިނަ ފަސިންޖަރުން ވަނީ އުފާވެރިކަން ފާޅުކޮށްފައެވެ. ގިނަ ފަރާތްތަކުން ދެކޭގޮތުގައި މި ޚިދުމަތަކީ ދަތުރު ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދޭނެ ކަމެކެވެ. ޚާއްޞަކޮށް ވިޔަފާރި ބޭނުމަށް ގިނައިން ދަތުރުކުރާ ފަރާތްތަކަށް މި ޚިދުމަތުން ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!