ޓޫރިސްޓް ވިސާއިން އެތެރެވެ ރާއްޖޭގައި މަސައްކަތްކޮށް ދިރިއުޅެމުން ދިޔަ ނޯވޭ މީހަކު ޑީޕޯޓްކޮށްފި

ޓޫރިސްޓު ވިސާއިން އެތެރެވެ ރާއްޖޭގައި މަަސައްކަތްކޮށް ދިރިއުޅެމުން ދިޔަ ނޯވޭގެ ފިރިހެނަކު އިމިގްރޭޝަނުން ހޯދައި އޭނާ ޑީޕޯޓްކޮށްފި އެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި އެއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 20 ވަަނަ ދުވަހު ރާއްޖެ އެތެރެވެފައިވާ ނޯވޭ ފަތުރުވެރިއެކެވެ.
ޓޫރިސްޓް ވިސާގެ މުއްދަތު ހަމަވުމުން ވެސް އަނބުރާ ގައުމަށް ނުގޮސް، ރާއްޖޭގައި މަަސައްކަތްކޮށް ދިރިއެޅުމުންދާ ކަމުގެ މައުލޫމާތު ލިބިގެން އޭނާ ހޯދުނީ ޖުލައި 25 ވަނަ ދުވަހު އެވެ.
އިމިގްރޭޝަންގެ ގާނޫނާ ހިލާފުވެފައި ވާތީ މިއަދު އެ މީހަކު ޑީޕޯޓްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.