ލަންކާގެ ބޯޑަރުތައް ބަންދުކުރުމުން ރާއްޖެއަށް އޭގެ ނޭދެވޭ އަސަރު ކޮށްފާނެ: ދުންޔާ
ކޮވިޑް-19އާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަވައްޓެރި ސްރީލަންކާއިން ވައިގެ ބޯޑަރާއި ކަނޑުގެ ބޯޑަރު ބަންދުކުރުމުން ރާއްޖެއަށް އޭގެ ނޭދެވޭ އަސަރު ކޮށްފާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ދުންޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާއިން ބޯޑަރުތައް ބަންދުކުރުމުން މި ސަރަހައްދުގެ ޝިޕިންއަށް އެއްވެސް ތާށިކަމެއް އައިސްފިނަމަ، ރާއްޖެއަށް އެތެރެކުރާ ކާ ތަކެއްޗާއި، ބޭސް ލިބުމަށް ދަތިކަމެއް އަންނާނެ ކަމަށެވެ.
"މިކަހަލަ ހާލަތަކަށް އަޅުގަނޑުމެން ތައްޔާރުވާން ޖެހޭ." ދުންޔާ ވިދާޅުވިއެވެ.
As Sri Lanka closes its borders for entry by air and sea, Maldives needs to be mindful that any significant disruptions in shipping in the region will have dire consequences on food security and essential medicines. Let us prepare well! #COVIDー19 #FlattenTheCuve
— Dunya Maumoon (@dunyamaumoon) March 23, 2020
ސްރީލަންކާއިން ވައިގެ މަގުންނާއި ކަނޑު މަގުން މީހުން އެތެރެވުން މުއްދަތެއް ނެތް ގޮތަށް ވަނީ މަނާކޮށްފައެވެ.