Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ފެލެއިނީއާ ކްލޯސް ކޮންޓެކްޓްވި ދެ މީހުން ކޮވިޑް-19އަށް ނައްސި

ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ދިޔަ ފަހުން ކޮވިޑް-19އަށް ފައްސިވި ފުޓުބޯޅަ ކުޅުންތެރިޔާ މަރުއާން ފެލައިނީއާ ކްލޯސް ކޮންޓެކްޓްވި އެމްއޭސީއެލްގެ ދެ ސްޓާފުންގެ ސާމްޕަލް ވައިރަހަށް ނައްސިވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ފެލައިނީއާ ޑައިރެކްޓު ކޮންޓެކްޓުވި 20 މީހުންގެ ތެރެއިން ދެ މީހެއްގެ ގައިން ބަލީގެ އަލާމާތްތައް ފެނިފައިވުމުން އެ ދެމީހުން ޓެސްޓު ކުރި ކަމަށާއި ނަމަވެސް އެ ދެ މީހުންވެސް ބައްޔަށް ނައްސިވެފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ފެލައިނީއާ ޑަރިއެކްޓް ކޮންޓެކްޓުވި 20 މީހުންގެ ތެރެއިން 15 މީހުންނަކީ އެމްއޭސީއެލްގެ ސްޓާފުން ކަމަށާއި އަދި އަނެއް ފަސް މީހުންނަކީ ރީތި ރަށުގެ މުވައްޒަފުން ކަމަށެވެ. މަބްރޫކް ވިދާޅުވީ ފެލައިނީއާ ރީތި ރަށުން ޑައިރެކްޓު ކޮންޓެކްޓުވި ފަސް މީހުން ރީތި ރަށުގައި އެކަހެރިކޮށްފައިވާ ކަމަށެވެ.

Advertisement
Allied — Dhen Online (box)

ރާއްޖެއިން މިހާތަނަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން ފަސް މީހަކު ރަނގަޅުވެފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް