ޚަބަރު

ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމިޓީއަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން ޔުނައިޓެޑް ނޭޝަންސް ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަން(ޔޫއެންޑަބްލިއުޓީއޯ)އިން އުފެއްދި ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމިޓީއަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އައްޔަންކޮށްފިއެވެ.

Ads by STELCO

އެ ކޮމެޓީ އެކުލަވާލަން ނިންމީ މި މަހުގެ 19ވަނަ ދުވަހު ބޭއްވި ޔޫއެންޑަބްލިއުޓީއޯއިން "ދަ ގްލޯބަލް ޓޫރިޒަމް ކޯޑިނޭޝަން ވާޗުއަލް މީޓިން"ގެ ނަމުގައި ބޭއްވި ބައްދަލުވުމުގައެވެ.

މި ކޮމިޓީއަކީ ކޮރޯނާވައިރަހާއާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގެ ފަތުރުވެރިކަމަށް ދިމާވެދާނެ ކަންކަން ދިރާސާކޮށް، ޖުމުލަ ހައްލެއް ގެނައުމަށްޓަކައި ޔޫއެންޑަބްލިއުޓީއޯއިން އެކުލަވާލި ކޮމެޓީއެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

އެ ކޮމިޓީއަށް މިނިސްޓަރު އަލީ އައްޔަންކޮށްފައިވާއިރު، ޔޫއެންޑަބްލިއުޓީއޯގެ ސައުތު އޭޝިއާ ރީޖަނަލް ކޮމިޝަންގެ ޗެއާކަން ވެސް ކުރައްވަނީ މިނިސްޓަރު އަލީއެވެ.

ކޮވިޑް19 އިން ރާއްޖެ ސަލާމަތް ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި މިނިސްޓަރު އަލީ ވަހީދު އަދާ ކުރައްވާ ރޯލަކީ ގިނަބަޔަކު ފާހަގަކުރާ ރޯލެކެވެ. އެގޮތުން އެމަނިކުފާނު އަންނަނީ ޓޫރިޒަމް ޓްރަސްޓު ފަންޑުން ހަރަދުކޮށްގެން ކަރަންޓީން ފެސިލިޓީތައް އަޅަމުންނެވެ. އަދި ޓޫރިޒަމް ދާއިރާގެ ސްޓޭކް ހޯލްޑާތަކާއި ބައްދަލުކޮށް މިކަމުން އަރައިގަންނާނެ ގޮތްތަކެއް އެމަނިކުފާނު އަންނަނީ ރާވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!