Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ފިލިޕީންސްއާއި ޕާކިސްތާނުގައި ކިޔަވާ ދަރިވަރުން ރާއްޖެ ގެނައުމުގެ އިންތިޒާމު ހަމަޖައްސަނީ

ފިލިޕީންސްއާއި ޕާކިސްތާނުގައި ކިޔަވާ ދިވެހި ދަރިވަރުންގެ ތެރެއިން ރާއްޖެއަށް އެނބުރި އަންނަން ބޭނުންވެފައިވާ ދަރިވަރުން ގަނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް ޢަޒީޒް ވިދާޅުވީ ޕާކިސްތާނުުން ރާއްޖެ އަންނަން ބޭނުންވާ 11 ދިވެއްސަކަށް ރައްޖެއައުމަށް ދިމާވެފައިވާ މައްސަލަ އޮޅުންފިލުވާފައިވާކަމަށެވެ.

މަބްރޫކް ވިދާޅުވީ ފޮރިން މިނިސްޓްރީން މިކަމުގައި މަޢުލޫމާތު ސާފުކުރިއިރު ޕާކިސްތާނަށް ފުލައިޓް ޖެއްސުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާކަމަށާއި، އެހެންކަމުން އެގައުމުގައި ކިޔަވަމުންދާ އިތުރު 13 ދިވެހި ދަރިވަރުންނަށް ގުޅައި އެކުދިންގެ ހާލުވެސް މިނިސްޓްރީން އޮޅުން ފިލުވާފައިވާކަމަށެވެ.

Advertisement
HDC — Sidebar (box)

ފިލިޕީންސްގައި ތިބި ދިވެހި ދަރިވަރުންގެ ތެރެއިން ރާއްޖެއަށް އަންނަން ބޭނުންވާ ކުދިންނަށް ރާއްޖެ އައުމުގައި ދިމާވެފައިވާ އެންމެބޮޑު ދައްޗަކީ ފްލައިޓުތަކުން ޖާގަ ނުލިބުމާއި، ގިނަ ފްލައިޓްތަކެއް ކެންސަލް ވުން ކަމަށް މަބްރޫކް ވިދާޅުވިއެވެ. މިކަމުގައިވެސް ފޮރިން މިނިސްޓްރީން ޙައްލު ހޯދުމަށްޓައި އެ ދަރިވަރުންނާ ގުޅައިގެން މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް