ކުޅުދުއްފުށީ ޒުވާނަކު ގެއްލިގެން ހޯދަނީ

ހދ. ކުޅުދުއްފުށީ ޒުވާނަކު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ފުލުހުންގެ ރަސްމީ އެކައުންޓުން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ ގެއްލިގެން ހޯދަމުން ދަނީ ކުޅުދުއްފުށި / ކިނާރާގެ، އަހުމަދު އަނިލް މުހައްމަދު (23އ) ކަމަށެވެ.
އަނިލް މިހާރު ދިރިއުޅެމުންދަނީ މާލޭގައި ކަމަށާއި، އޭނާގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ މި މަހުގެ 8 ވަނަ ދުވަހުގެ ހެނދުނު ފޯނުން ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ އަނިލްއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 ނުވަތަ ނުވަތަ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9791382 އަށް ގުޅައި ހިއްސާކުރަން އެދިފަ އެވެ.