އެކްސިޑެންޓެއްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގެ މައްސަލައާ ގުޅިގެން ފުލުހުންގެ ހިދުމަތުން ދެ މީހަކު ހޯދަމުންދާ ކަން ހާމަކޮށްފި އެވެ.
ފުލުހުންގެ ރަސްމީ އެކްސް އެކައުންޓުން ވަނީ ހޯދަމުންދާ ދެ މީހުން ފެންނަ ސީސީޓީވީ ފުޓޭޖެއް ހިއްސާކޮށްފަ އެވެ.
އެ ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ހެންވޭރު ޕޮލިސްގެ ނަންބަރު 9400053 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދިފައިވެ އެވެ.
އެއީ ކޮން އިރަކު ހިނގި އެކްސިޑެންޓެއް ކަމެއް ފުލުހުން ނުބުނެ އެވެ. އެކްސިޑެންޓުގެ އެހެން ތަފްސީލެއް ވެސް ނެތެވެ.
މި ފަހުން ވެސް ހައިވޭ ކައިރީ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި، އެކްސިޑެންޓްވުމުން ކާރުގައި ތިބި މީހުން ފިލައިގެން ދިޔަ މައްސަލައެއްގައި އެ ބަޔަކު ހައްޔަރުކޮށްފައިވެ އެވެ.