ޚަބަރު

ޕީޖީގެ މަގާމުން ޝަމީމް ވަކިކުރަން މަޖިލީހަށް ހުށަހަޅައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ޕީޖީ ހުސެއިން ޝަމީމް/ ފޮޓޯ: ސަން

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުން ހުސެއިން ޝަމީމް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

Ads by STELCO

ޝަމީމް ވަކިކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ހުށަހެޅީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) އެވެ. އެއަށް ތާއިދުކުރީ ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު (މަޓޭ) އެވެ. ޝަމީމް ވަކިކުރަން ޖެހޭ 8 ސަބަބެއް ބަަޔަނާކޮށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުވި ސިޓީއެއް ޝާޑު ވަނީ ކޮމިޓީގައި އިއްވާފަ އެވެ.

އެ ސިޓީގައި ފާހަގަކޮށްފައިވާ ކަންތައްތައް:

  1. އަންހެން މުވައްޒަފުންނަތަކަކަށް ޖިންސީގޯނާ ކުރި ކަމުގެ ތުހުމަތުގައި ދައުވާއުފުލި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ ދައުވާނުކުން އަދި އެ މައްސަލަ ފައިލްކުރުން
  2. ކޮރަޕްޝަންގެ ތުހުމަތުކުރެވޭ ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލަ ފައިލްކުރުން
  3. ސަފާރީގައި އަންހެނަކު ރޭޕްކުރި މައްސަލައިގެ ދަށު ކޯޓުގެ ނިންމުން އިސްތިއުނާފް ނުކުރުން
  4. ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މީހުން ޓްރެފިކް ކުރުމުގެ ދައުވާ އަނބުރާ ގެނައުން
  5. ބަނގުރާ ބުއިމުގެ މައްސަލަތަކުގެ ދައުވާތައް އަނބުރާ ގެނައުން
  6. ކޮވިޑުގެ ވެންޓިލޭޓަރުގެ މައްސަލާގައި ދައުވާނުކުރުން ނިންމުން
  7. ޕީޖީގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު އެއް ޖިންސުގެ ގުޅުން ހިންގި ކަމަށް ބުނާ މައްސަލަ ނުބެލުން
  8. ޕީޖީ އޮފީހުގެ މުވައްޒަފުންނާ މެދު ތަފާތުތަކެއް ގެންގުޅޭ މައްސަލަ

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!