ނައިބު ރައީސް އިރާނާއި ފްރާންސަށް ކުރެއްވި ދަތުރުގެ ހަރަދު ހާމަކޮށްފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އިރާނާއި ފްރާންސަށް މި ފަހުން ކުރެއްވި ދަތުރުފުޅުގެ ހަރަދު ސަރުކާރުން ހާމަކޮށްފި އެވެ.
އެމަނިކުފާނު ފްރާންސަށް ކުރެއްވި ދަތުރުފުޅަކީ އެ ގައުމުގެ ވެރިރަށް ޕެރިހުގައި އޮތް އޮލިމްޕިކްސް ކުޅިވަރު މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ދިވެހި ސަރުކާރަށް ދިން ދައުވަތުގައި ކުރެއްވި ދަތުރުފުޅެކެވެ.
އިރާނަށް ނައިބު ރައީސް ކުރެއްވި ދަތުރުފުޅަކީ އިރާނުގެ އާ ރައީސް މަސްއޫދު ޕެޒެޝްކިއަން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ދިވެހި ސަރުކާރަށް އެ ގައުމުން ދިން ދައުވަތުގައި ކުރެއްވި ދަތުރުފުޅެކެވެ.
ފްރާންސްގެ ދަތުރުފުޅަށް ހަރަދުކޮށްފައިވަނީ 1.3 މިލިއަން ރުފިޔާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އިރާނުގެ ދަތުރުފުޅަށް ހަރަދުކޮށްފައިވަނީ 464،617 ރުފިޔާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.