މޯލްޑިވިއަަންއިން މެލޭޝިއާ އަށް ކުރާ ދަތުރުގެ ޓިކެޓް ނެގުން ހުޅުވާލައިފި
މޯލްޑިވިއަން އިން މިމަހުގެ 20 ވަނަ ދުވަހު މެލޭޝިއާއަށް ކުރާ ދަތުރުގެ ޓިކެޓް ނެގުން ހުޅުވާލައިފިއެވެ.
މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ ދަތުރަށް ބޭނުންވާ ހުރިހާ ލިޔުންތައް އޮތް ކޮންމެ މީހަކަށްވެސް އެ ފްލައިޓުން ދަތުރު ކުރުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.
މޯލްޑިވިއަން އިން މެލޭޝިއާއަށް މިމަހުގެ 10 ވަނަ ދުވަހު ކުރުމަށް ހަމަޖައްސައިފައިވާ މި ދަތުރުު މިހާރު ވަނީ މި މަހުގެ 20 ވަނަ ދުވަހަށް ފަސް ކުރެވިފައެވެ.
މޫސާ ވަސީމް ވިދާޅުވީ މިމަހުގެ 10 ވަނަ ދުވަހު މެލޭޝިއާގެ ވެރިރަށް ކުއަލާލަމްޕޫރަށް ކުރަން ނިންމާފައިވާ ދަތުރު މިމަހުގެ 20 ވަނަ ދުވަހަށް ފަސްކުރެވިފައިވަނީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން ކަމުގައެވެ.އެގޮތުން މެލޭޝިއާގައި ކިޔަވާ ދިވެހި ގިނަ ދަރިވަރުންތަކެއް ދަތުރު ފަސްކޮށްދިނުމަށް އެދިފައިވާކަން މޫސާ ވަސީމް ފާހަގަ ކުރެއްވިއެވެ.
މޯލްޑިވިއަން އިން މިމަހުގެ 20 ވަނަ ދުވަހު ކުރާ މި ދަތުރުގައި 30 ކިލޯގެ ބެގޭޖް އެލަވަންސް އެއްވެސް ދިނުމަށް ވަނީ ނިންމާފައެވެ. މޫސާ ވަސީމް ވިދާޅުވީ 30 ކިލޯގެ ބެގޭޖް އެލަވަންސް އެއް ދިނުމަށް ނިންމާފައިވަނީ ހަމަ އެކަނި މި ފްލައިޓަށް ކަމަށެެވެ.
ޓިކެޓް ނެގުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާއިރު ޓިކެޓްގެ އަގަކީ 385 ޑޮލަރު ކަމުގައި މޫސާ ވަސީމް ވިދާޅުވިއެވެ.