ކޮވިޑް-19: ފަސިންޖަރުންނާ އެއްކޮށް ސެލްފީ ނުނަގަން އިލްތިމާސް ކޮށްފި
ދަތުރުކުރާ ފަސިންޖަރުންނާ އެއްކޮށް ސެލްފީ ނުނަގަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސްކޮށްފި އެވެ.
އެމްއޭސީއެލުން ބުނީ ގައިގޯޅިވެ ފޮޓޯ ނެގުން ރައްކާތެރި ނޫން ކަމަށެވެ. އަދި މަސައްކަތުގެ މާހައުލުގައި އިޖްތިމާއީ ގައިދުރުމިން ބެހެއްޓުމަށް ސަމާލުކަން ދިނުމަށް އެމްއޭސީއެލުން ވަނީ އިލްތިމާސް ކޮށްފައެވެ.
އެމްއޭސީއެލުން މިގޮތަށް އިލްތިމާސްކޮށްފައި މިވަނީ ފުޓުބޯޅަ ކުޅުންތެރިޔާ ފެލައިނީ އާ އެކު އެއާޕޯޓުގެ ދެ ސްޓާފަކު ފޮޓޯ ނަގާފައި ވަނިކޮށެވެ. ފެލައިނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ދިޔަ ފަހުން އޭނާ ވަނީ ކޮވިޑް-19 އަށް ފައްސިވެފަ އެވެ. އަދި އެ ސްޓާފުން ވަނީ އެކަހެރި ކޮށްފަ އެވެ.
Ads by Allied Insurance