ޚަބަރު

ލޭ ހަދިޔާ ކުރަމާ، ލޭ ހަދިޔާކުރުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ވާ ކަމެއް: ޝަހީމް

ދެން އެމްވީ ، ދެން އޮންލައިން

ލޭ ހަދިޔާކުރުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ވާ ކަމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޓްވިޓާގައި ހިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައި ޝަހީމް ވިދާޅުވީ ތެލެސީމިއާ ކުދިން އެވަނީ އާންމުންގެ އެހީތެރިކަމަށް ބޭނުންވެފައި ކަމަށާއި އެކުދިންނަށް އެހީތެރިވެދޭން ތިބި ހަމައެކަނި ބަޔަކީވެސް އާންމުންކަމަށެވެ.

ހަމަ އެއާއެކު އެކުދިންނަނީވެސް މައިންބަފައިންގެ އުންމީދު ތަކާއި ފޮނި ހުވަފެންތަކެއް ދެކޭ ކުދިންކަން ޝަހީމް ފާހަގަ ކުރެއްވިއެވެ.

އެއާއެކު މިކަމަށް އިސްލަމްދީން ބާރުއަޅާފައިވާ މިންވަރު ފާހަގަކޮށް ޤުރުޢާނުގައިވެސް ވަހީބަސްފުޅެއް އައިސްފައިވާކަން ޝަހީމް ފާހަގަ ކުރެއްވިއެވެ.

އެގޮތުން އެންމެ ފުރާނައަކަށް ދިރުން ދިނުންއެއީ މުޅި އިންސާނިއްޔަތަށް ކޮށްދެވޭ ކަމެއްގެ ގޮތުގައި އައިސްފައިވާ އޮތުން ފާހަގަކުރެއްވިއެވެ. ޝަހީމް ވިދާޅުވީ ލޭ ބޭނުންވާ ކުއްޖަކަށް ލޭ ދިނުންއެއީ އެކުއްޖާގެ މުސްތަޤުބަލަށާއި ދިރިއުޅުމަށް ކޮށްދެވޭ ވަރަށްބޮޑުކަމެއް ކަމަަށެވެ. ހަމައެހެންމެ މިކަމަކީ އިންސާނީ ވާޖިބެއްކަންވެސް ޝަހީމް ވިދާޅުވިއެވެ.

ކޮވިޑް-19އާ ގުޅިގެން ތެލެސީމިއާ ކުދިންނަށް ލޭލިބުމަށް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ. އެގޮތުން ތެލެސީމިއާ ސެންޓަރުންވެސް ވަނީ ވީހާވެސް ގިނަ ފަރާތްތަކުން ލޭހަދިޔާކޮށްދިނުމަށް އެދިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!