ޚަބަރު

ގޭބީސީތަކަށް 50 މިލިއަން ރުފިޔާ ބެހުމަށް ޖާބިރު ގޮވާލައްވައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19ގެ ހާލަތުން އަރައިގަތުމަށް ރާއްޖޭގެ ގޭބީސީތަކަށް 50 މިލިއަން ރުފިޔާ ބެހުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.

ޖާބިރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19ގެ މި އިގްތިސާދީ ހާލަތުން އަރައިގަތުމަށްޓަކައި 50 މިލިއަން ރުފިޔާ ގޭބީސީތަކަށް ބަހަން ގޮވާލަކަމަށެވެ.

"ރާއްޖޭގެ ރިސޯޓުތައް ބަންދު ނުކޮށް ދުނިޔޭގެ މިލިއަނަރުންނަށް އެއީ ސޭފް ހެވަން ތަކުގެ ގޮތުގައި ވިއްކާ، މާކެޓިން ސްޓްރެޓެޖީ ބަދަލުކުރުމަށް ގޮވާލަން، މިއީ މަސައްކަތް ކުރަން ވީ ވަގުތު." ޖާބިރު ވިދާޅުވިއެވެ.

ރޭ ސަންގު ޓީވީއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވަނީ އެ ބޭފުޅާ އަކީ ގާސިމް އިބްރާހިމް ނަމަ، ހުރިހާ ރިސޯޓްތަކެއް ބަންދުނުކޮށް، ޕްރައިވެޓް އައިލެންޑްގެ ގޮތުގައި ދުނިޔޭގެ މުއްސަނދިންނަށް ދޭނެ ކަަމަށް ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!