ޚަބަރު

މާލޭގެ ގެއެއްގެ ތެރޭގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

މާފަންނުގައި ހުންނަ ގެއެއްގެ ދެވަނަ ފަންގިފިލާގައި މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެއެވެ.

Ads by Sosun Fihaara

ފުލުހުން މިއަދު ބުނީ މާފަންނުގައި ހުންނަ އެ އިމާރާތުގެ ދެވަނަ ފަންގިފިލާގައި މީހަކު ވެއްޓިފަައި އޮތްކަމުގެ މައުލޫމާތު ފުލުހުންނަށް ރޭ 21:43 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

ބިދޭސީ މީހާ ފެނިފައި ވަނީ މީހުން ދިރިއުޅޭ އިމާރާތެއްގެ ތެރެއިން ކަމަށާއި އެމީހާއަކީ 41 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވެސް ފުލުހުން ބުންޏެވެ. .

ފުލުހުން ބުނީ އެމީހާގެ އަނގައިންނާ ނޭފަތުން ލޭ އައިސްފައިވާ ކަމަށެވެ. އަދި އެމީހާ ވަގުތުން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އައިޖީއެމްއެޗުން އެމީހާ ބެލި ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ބުނީ އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!