ޚަބަރު

ކޮވިޑް-19: ސާކު ގައުމުތަކުގެ ހެލްތު އޮފިޝަލުންގެ ވީޑިއޯ ކޮންފަރެންސެއް ބާއްވަނީ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އާއި ގުޅިގެން ސާކު ގައުމު ތަކުގެ ހެލްތު އޮފިޝަލުންގެ ވީޑިއޯ ކޮންފަރެންސެއް ބާއްވަން ނިންމައިފިއެވެ.

Ads by STELCO

އިންޑިއާގެ އިސްނެގުމާއިއެކު ބާއްވާ މި ވީޑިއޯ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ.

ސާކު ގައުމުތަކުގެ ހެލްތު އޮފިޝަލުންގެ ވީޑިއޯ ކޮންފަރެންސެއް ބާއްވާއިރު މިދިޔަ ހަފްތާގައި ސާކު ލީޑަރުން ވަނީ ކޮވިޑް-19 އާއި ގުޅިގެން ވީޑިއޯ ކޮންފަރެންސެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ސާކުގެ ހުރިހާ ގައުމުތަކުގެ ވެރިން ވަނީ ބައިވެރިވެ ގައުމުތަކުގެ ހާލަތު ހިއްސާ ކުރައްވާފައެވެ.

މި ކޮންފަރެންސަށްފަހު މި ބަލިން އަރައިގަތުމަށް ސާކު ގައުމުތަކަށް ވަނީ ހާއްސަ ރިިލީފް ފަންޑެއް ވަނީ އުފައްދާފައެވެ. މި ފަންޑަށް ރާއްޖެ އާއި ލަންކާއިން ވަނީ ފައިސާ ޖަމާކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!