Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ލަންކާގައި ތިބި ދިވެހިން ގެންނަން ހާއްސަ ފްލައިޓެއް ބާއްވަނީ

ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ތެރެއިން އަނބުރާ ރާއްޖެ އަންނަން ބޭނުންވާ ފަރާތްތައް ގެނައުމަށް ހާއްސަ ފްލައިޓެއް ބޭއްވުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ އެޖެންޓް އިނަ މޯލްޑިވްސް އިން ބުނެފި އެވެ.

އިނާ މޯލްޑްވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ކުރި ޓުވީޓެއްގައި ވިދާޅުވީ، ލަންކާއިން ރާއްޖެއަށް އަނބުރާ އަންނަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން ޗާޓާ ފްލައިޓެއް ބޭއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ފްލައިޓް ބެއްވުމަށް މަސައްކަތް ކުރަމުންދަނީ މި މަހުގެ 27 ނުވަތަ 28 ވަަނަ ދުވަހު ކަމަށް ފިރާގް ވިދާޅުވިއެވެ. ނަމަވެސް މި ފްލައިޓު ބާއްވާނެ އަގު އަދި ފައިނަލް ނުކުރާ ކަމަށް ފިރާގް ވިދާޅުވިއެވެ.

އޭގެ އިތުރަށް ފިރާގް ވިދާޅުވީ ލަންކާގައި ތިބި ގިނަ ދިވެހިން ރާއްޖެ އަނބުރާ އަންނަން ބޭނުންވާތީ އެމީހުން ގެނައުމަށް ފްލައިޓެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެކަން ކުރުމަށް ދެ ސަރުކާރާވެސް ވާހަކަ ދައްކަމުންދާ ކަމަށާއި، ހުއްދަ ލިބުނުހާ އަވަަކަށް ފްލައިޓު ބާއްވާނެ ކަމަށެވެ.

Advertisement
HDC — Sidebar (box)

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް