ދުނިޔެ

ބޮޑެތި ސިޓީތަކުގައި ފެންބޮޑުވުން ކޮންޓްރޯލްކޮށް ފެން ރައްކާތެރިކުރުމަށް އިންޑިއާއިން 300 މިލިއަން ޑޮލަރު ޚަރަދުކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ބޮޑެތި ސިޓީތަކުގައި ފެންބޮޑުވުމުގެ މައްސަލަ ޙައްލުކުރުމަށާއި ފެން ރައްކާތެރިކުރުމަށް 300 މިލިއަން ޑޮލަރު ޚަރަދުކުރުމަށް އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ. މި މަޝްރޫޢުގެ ދަށުން އިންޑިއާގެ 7 ބޮޑެތި ސިޓީއެއްގައި މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

Ads by WAMCO

އިންޑިއާގެ ބޯހިޔާވަހިކަމާއި ސިޓީ ކަންކަމާ ބެހޭ މިނިސްޓަރު ހަރްދީޕް ސިންގް ޕުރީ ވިދާޅުވި ގޮތުގައި މި މަޝްރޫޢުގެ ދަށުން ފެންބޮޑުވުމުގެ މައްސަލަ ޙައްލުކުރުމަށާއި ވާރޭ ފެން ރައްކާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން ފެނުގެ ވަސީލަތްތައް އިތުރުކުރުމަށާއި ފެން ބޭނުންކުރާ މިންވަރު މަދުކުރުމަށްވެސް މަސައްކަތްތަކެއް ކުރެވޭނެއެވެ.

މި މަޝްރޫޢުގެ ދަށުން މަސައްކަތްތައް ކުރިއަށް ގެންދާނެ 7 ސިޓީގެ ތެރޭގައި ހިމެނެނީ މުންބާއީ، ޗެންނާއީ، ބެންގަލޫރު، ކޮލްކަތާ، ސޫރަތް، ބޯޕާލް އަދި އިންދޯރް އެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ ހަމަޖައްސާނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުންނެވެ.

އިންޑިއާގެ ގިނަ ސިޓީތަކުގައި ކޮންމެ އަހަރަކުވެސް ވާރޭ މޫސުމުގައި ފެންބޮޑުވުމުގެ މައްސަލަ ދިމާވެއެވެ. އަދި ހަމައެއާއެކު ހޫނު މޫސުމުގައި ފެނުގެ ދަތިކަން ކުރިމަތިވެއެވެ. މި މަޝްރޫޢުގެ ސަބަބުން މި ދެ މައްސަލައަށްވެސް ޙައްލެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!