ޚަބަރު

ދެ މީހަކު ކޮވިޑް-19 އަށް ޝައްކުކުރެވިގެން ރީތި ބީޗް ލޮކްޑައުން ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ރީތި ބީޗް ރިސޯޓުން ކޮވިޑް-19 އަށް ޝައްކުކުރެވޭ ދެ މީހަކު ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by STELCO

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރީތި ބީޗުން ބިދޭސީއަކާއި ދިވެއްސެއްގެ ފަރާތުން ވައިރަހުގެ އަލާމާތްތައް ފެނުމުން އެ ދެ މީހުންގެ ސާމްޕަލް ނަގައި ޓެސްޓުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މި ހާލަތުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން އެ ރަށަށް އަރައި ފޭބުން މަނާ ކޮށްފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވެއެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން ފަސް މީހަކު ރަނގަޅުވެފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!