ޚަބަރު

ސިނގިރޭޓް ގަންނަން ފަތާފައި ދިޔަ ރިސޯޓު މުވައްޒަފަކު މޫދުން ހައްޔަރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ފަން އައިލެންޑު ރިސޯޓުން ފަތާފައި އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓަށް އަރަން އުޅުން މީހަކު ހައްޔަރުކޮށްފި އެވެ.

Ads by MWSC

މިކަމާއި ގުޅިގެން ފުލުހުން ބުނީ އޭނާ އަކީ އޭނާއަކީ ފަން އައިލެންޑް ރިސޯޓްގެ މުވައްޒަފެއް ކަމަށާއި އޭނާ އޮޅުވެލި ރިސޯޓަށް ފަތާފައި ދިޔައީ ސިނގިރޭޓެއް ގަންނަން ކަމަށެވެ. އަދި އޭނާ އޮޅުވެލި ބީޗް ރިސޯޓަށް އެރުމަށް މޫދުގައި އޮތްވާ ހުއްޓުވައި ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ 20 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި މިއަދު ވަނީ އޭނާގެ ބަންދަށް 15 ދުވަސް މާފުށީ މެޖިސްޓްރޭޓް ކޯޓުން ޖަހާފަ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ ކުރިންވެސް މިގޮތަށް ފުލުހުން ވަނީ އެކި ފަރާތްތަކުން ހައްޔަރު ކޮށްފައެވެ. އޭގެތެރޭގައި އައްޑޫ ސިޓީއަށް ފަތާފައި އެރި މީހަކާއި ފުވައްމުލަކަށް ދިޔަ ދެ މީހަކު ހައްޔަރުކުރި އެވެ. އަދި ހއ. އަތޮޅުގެ ރިސޯޓަކަށް ދިޔަ މުވައްޒަފަކާއި ސަފާރީއަކުން ހުޅުމާލެއަށް އެރި މީހަކު ހައްޔަރު ކޮށްފައިވެ އެވެ.

ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު އަންގާފައިވަނީ އެއްވެސް ރިސޯޓަކަށް އެއްވެސް މީހަކު ނޭރުމަށެވެ. އަދި ރިސޯޓްތަކުން މީހުން އުޅޭ ރަށްރަށަށް ވެސް މީހުން ނެރުމަށެވެ. މިހާރު ޗުއްޓީގައި ތިބި މުވައްޒަފުންނަށް ވެސް އަނބުރާ ރިސޯޓަށް ދިޔުމުގެ ފުރުސަތެއް ނެތެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!