ދުނިޔެ

ޕާކިސްތާނުގައި ފުލުހުންނަށް ދެވުނު ހަމަލާއެއްގައި 11 ފުލުހުން މަރުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ޕަންޖާބު ސޫބާގައި ހިނގި ހަމަލާއެއްގައި މަދުވެގެން 11 ފުލުހުން މަރުވެއްޖެއެވެ. މިހަމަލާ ދިން ކަމަށް ބެލެވެނީ ވައްކަމުގެ މައްސަލަތަކުގައި ހޯދަމުންދާ ބަޔަކު ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

Ads by WAMCO

ރޮއިޓަރސް އިން ރިޕޯޓު ކުރި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހު އަވަހާރަ ވަގުތެއްގައި ރަސްތާ ސަރަހައްދުގައެވެ. ފުލުހުންގެ ވެހިކަލްތަކަށް ހަމަލާ ދިން މީހުން ވަނީ ފިލައިގެން ގޮސްފައެވެ.

ޕަންޖާބު ޕޮލިސްގެ ޗީފް އޮފިސަރ އުސްމާން އަންވަރު ވިދާޅުވި ގޮތުގައި މި ހަމަލާ ދިން މީހުންނަކީ ވައްކަމާއި މާރާމާރީގެ މައްސަލަތަކުގައި ހޯދަމުންދާ ބައެކެވެ. އަދި އެމީހުން ހޯދުމަށް ބޮޑު އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހަމަލާގައި މަރުވި ފުލުހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު އޮތް ކަމަށް ވެސް އޮފިޝަލުން ބުނެފައިވެއެވެ. މިފަދަ ހަމަލާތައް ޕާކިސްތާނުގައި އާންމުކޮށް ހިނގަމުންދާއިރު، މިއީ ފާއިތުވި އަހަރުތަކުގައި ފުލުހުންނަށް ދެވުނު އެންމެ ނުރައްކާތެރި ހަމަލާތަކުގެ ތެރެއިން އެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!