ޚަބަރު

ބަންދުކޮށްފައި ހުންނަ މުއްދަތުގައި ފުޑް ކޯޓުގެ ކުލި މައާފުކޮށްދޭން ނިންމައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އާ ގުޅިގެން މާލޭގެ ކެފޭ ރެސްޓޯރެންޓްތައް ބަންދުކޮށް ފައިވާއިރު، އެ މުއްދަތުގައި ފުޑް ކޯޓުތަކުގެ ކުލި ދައްކަން ނުޖެހޭ ގޮތައް ނިންމައިފިއެވެ.

Ads by STELCO

އެސްޓީއޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް19 އާއި ގުޅިގެން މާލޭގެ ކެފޭ ރެސްޓޯރެންޓްތައް ހުއްޓުމަކަށް ގެނައި ދުވަހުން ފެށިގެން ސަރަކާރުން އެކަމުގައި އެހެން ގޮތެއް ނިންމަވަންދެން ބަންދުކޮށްފައި ހުންނަ މުއްދަތުގައި ފުޑްކޯޓުތަށް ދައްކަން ޖެހޭ ކުލި މާފު ކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން ގްރޭޓާ މާލޭގެ ހުރިހާ ރެސްޓޯރަންޓްތަކާއި ކެފޭތައް ބަންދު ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެހެންނަމަވެސް، އެ މުއްދަތުގައި، ޓޭކްއަވޭގެ ހިދުމަތް ރެސްޓޯރަންޓްތަކަށް ދެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!