ދުނިޔެ

ޕާކިސްތާނުގެ މަޖިލީހަށް މީދަލުގެ އުނދަގޫ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާންގެ ގާނޫނު ހަދާ މަޖިލީހުގެ އިދާރާ އަށް މީދަލުގެ އުނދަގޫ އިންތިހާ އަށް ބޮޑުވެއްޖެ އެވެ.

Ads by Sosun Fihaara

މިކަމާ ހެދި އެތަނުގެ ލިޔެކިޔުންތަކެއް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. އަދި މިކަމުގެ ކަންބޮޑުވުން ވަރަށް ބޮޑަށް އުފެދިފައިވާ އިރު، ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގެ ތަރުޖަނާނު ޒަފަރު ސުލްތާން ވިދާޅުވީ މީދަލުގެ ސަބަބުން ލިބިފައިވާ ގެއްލުން ކުރި ހީކުރި ވަރަށް ވުރެ މާ ބޮޑު ކަމަށެވެ.

އެގޮތުން 2008 ގެ ފަހުން ބޭއްވި ބައްދަލުވުންތަކެއްގެ ޔައުމިއްޔާތަކެއްގެ ރެކޯޑް އެއްކުރި އިރު އޭގެ ތެރެއިން ގިނަ ޑޮކިއުމަންޓްތަކަަށް، މީދާތައް ހުރީ ބޮޑެތި ގެއްލުންތަކެއް ދީފައި ކަމަށް ޒަފަރު ވިދާޅުވި އެވެ.

"ގާނޫނު ހަދާ މަޖިލީހުގެ އިމާރާތުގެ ތެރޭގައި މި އުޅޭ މީދާތައް އަނެއްކާ އެހާ ބޮޑެތި. ބުޅާތައް ވެސް މި އެއްޗެހި ދެކެ ބިރުގަންނަހާ ބޮޑެތި." އޭނަ ވިދާޅުވީ އެވެ.

އިމާރާތުގައި މީދާތައް އެންމެ ގިނައިން އުޅެނީ އެތަނުގެ ފުރަތަމަ ބުރީގަ އެވެ. އަދި އެތަނަކީ ސިޔާސީ ޕާޓީތަކުގެ ބައްދަލުވުންތަކާއި ބައެއް ކޮމިޓީ ބައްދަލުވުންތައް ވެސް ބާއްވާ ތަނެވެ. މަޖިލީހު ތިރިގެ ެއިން ބުނީ އިމާރާތުގެ ފުރަތަމަ ފްލޯގައި މީދާތައް އެހެން ދިމަދިމާލަށް ވުރެ ގިނައީ އެ ފްލޯގައި މެންބަރުންނާއި ސެނެޓް މެމްބަރުން ކައިބޮއި ވެސް ހަދާތީ ކަމަށެވެ.

"އެހެންވެ ވަކިން ހާއްސަކޮށް ރޭގަނޑު މިތަން ސިފަ ކުރެވެނީ މީދާތައް މެރެތަން ބާއްވާ ތަނެއްގެ ގޮތުގައި." ތިރިގެއިން ބުންޏެވެ.

މީދާތަކުގެ އުނދަގުލާ ހެދި އިމާާރާތަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ އިރު، މިކަމަށް މިހާރު ގާނޫނު މަޖިލީހުގެ އިދާރާގެ ބަޖެޓުން 1.2 ރުޕީސް (4،300 ޑޮލަރު) ހޭދަކުރަން ޖެހެ އެވެ.

އެތަނުން މިހާރު އިމާރާތުގައި ޕެސްޓް ކޮންޓްރޯލްކޮށް ދޭނެ ބަޔަކު ހޯދަން ވެސް ނޫސްތަކުގައި އިޝްތިހާރުކޮށްފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!