ޚަބަރު

ގިނަ އަދަދެއްގެ ޑޮލަރު ބޭރުކުރަން އުޅުނު މީހާގެ ވަނަވަރު ހާމަކޮށް، މަނީލޯންޑަރިންގެ މައްސަލަ ބަލަނީ

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ޝަހްމިން އިސްލާމް ޝަގުރް (32އ)

އާދިއްތަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބަންގްލަދޭޝްގެ ވެރިރަށަށް ޑާކާއަށް ފުރަން އޮތް ފްލައިޓަކުން ލަގެޖުގައި ފޮރުވައިގެން ނަގުދު ފައިސާގެ ގޮތުގައި 81،030 ޑޮލަރު ބޭރުކުރަން އުޅުނު މައްސަލާގައި ހައްޔަރުކުރި ބަންގްލަދޭޝް މީހާގެ ވަނަވަރު ފުލުހުން މިއަދު ހާމަކޮށްފި އެވެ.

Ads by Hajj Corporation

އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ޝަހްމިން އިސްލާމް ޝަގުރް (32އ) އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ އާއްމުކޮށްފައިވާ ކޯޓު އަމުރުގައިވާ ގޮތުން އޭނާ އަށް ތުހުމަތު ކުރެވެނީ މަނީލޯންޑާކުރި ކަމުގެ ތުހުމަތެވެ.

ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފަ އެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން "އެކްސް" ގައި އާއްމުކޮށްފައިވާ ފޮޓޯއިން ފެންނަ ގޮތުގައި އެ ބިދޭސީ މީހާ އެ ޑޮލަރުތައް ރާއްޖެއިން ބޭރުކުރަން އުޅުނީ ކޯންފްލެކްސް ފޮށްޓެއްގެ ތެރެއަށް އަޅައިގެންނެވެ.

ވަކި އަދަދަކަށް ވުރެ ގިނައިން ރާއްޖެއިން ބޭރަށް ފައިސާ ގެންދާނަމަ، އެ ފައިސާ ހޯދިގޮތުގެ ތަފްސީލު ހާމަކުރަންޖެހޭ ގޮތަށް ކަސްޓަމްސްގެ އުސޫލު ދާދި ފަހުން ވަނީ އިސްލާހުކޮށްފަ އެވެ.

އުސޫލަށް ގެނައި ބަދަލުގައިވާ ގޮތުން 10،000 ޑޮލަރަށް ވުރެ އިތުރަށް، ރާއްޖެއިން ބޭރަށް ފައިސާ ގެންދާނަމަ އެ ފައިސާގެ ހޯދިގޮތް ހާމަކުރަން ޖެހޭނެ އެވެ.

ވަކި އަދަދަަކަށް ވުރެ ގިނައިން ރާއްޖެއިން ބޭރަށް ފައިސާ ގެންދާނަމަ އާމްދަނީ ލިބޭ ގޮތުގެ ތަފްސީލުވެސް ހާމަކުރަން ޖެހެ އެވެ.

  1. އަހުމަދު

    81030ޑޮލަރަކީ ދިވެހި1.2.49.482.60 ގެ އަދަދު މި ގޮތަ ކިތަ ފަހަރު ވަގަ ފައިސާ ބޭރުވެފައި ހުންނާނެ މީ ކިހާ ބޮޑު ހެއްލުމެ ހަމަ ދިވެހިން އަޑީގައިނެތި މިވަރު ކަންކަން ނުކުރެވޭނެ