ޚަބަރު

އިތުރު ސަފާރީއަކުން ކޮވިޑް-19ގެ އަލާމާތްތައް ހުރި މީހަކު ޓެސްޓު ކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގައި އޮތް އިތުރު ސަފާރީއަކުން ކޮވިޑް-19އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި މީހަކު ފެނުމުން އޭނާ ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

Ads by STELCO

ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ ހުޅުމާލޭ ކައިރީ އޮތް މާހާ ނަމަކަށް ކިޔާ ސަފާރީއަކުން ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި މީހަކު ފެނިގެން ޓެސްޓު ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން މިހާރު އެ ސަފާރީ އޮތީ ލޮކްޑައުން ކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ އެ ސަފާރީގައި ތިބީ ތިން ބިދޭސީންނާއި ދެ ދިވެހިން ކަމަށާއި އެ ސަފާރީ އޮތީ ހުޅުމާލޭގައި ކަމަށެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ކޮވިޑް-19 އަށް ފައްސި ވެފައިވާއިރު، އޭގެތެރެއިން ފަސް މީހަކު ރަނގަޅުވެފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!