ޚަބަރު

ރަޝިޔާގައި ކަރަންޓީނު ކުރި ތިންވަނަ ދަރިވަރު ވެސް ކޮވިޑް-19އަށް ނައްސި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ރަޝިޔާގައި ކަރަންޓީނު ކުރި ތިން ދިވެހި ދަރިވަރުންގެ ވެސް ނަތީޖާ ނައްސިކަމަށް ސަރުކާރުން ބުނެފިއެވެ.

Ads by MWSC

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ ރަޝިޔާގައި ކަރަންޓީނު ކުރި ތިންވަނަ ދަރިވަރުގެ ނަތީޖާ ނައްސިވެފައިވާ ކަމަށެވެ. އަދި ކުރިން ނައްސިވި ދެ ދަރިވަރުންގެ ދެވަނަ ފަހަރަށް ޓެސްޓުކުރުމުން ވެސް ނަތީޖާ ނައްސިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މެއި 1 ވަނަ ދުވަހާ ހަމައަށް ބޭރު މީހުން އެތެރެވުން މަނާކޮށްފައިވީނަމަވެސް، ރަޝިއާގައި އެ ބައްޔަށް ޕޮޒިޓިވްވި ކޭސްތައް ނިސްބަތުން ވަރަށް މަދުކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފަ އެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ކޮވިޑް-19 އަށް ފައްސި ވެފައިވާއިރު، އޭގެތެރެއިން ފަސް މީހަކު ރަނގަޅުވެފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!