ޚަބަރު އިޖުތިމާޢީ

އިނަ މޯލްޑިވްސް އޮފީސް ފަޅާލި މީހާ ހައްޔަރުކޮށްފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
އިނާ މޯލްޑިވްސް ފަޅާލި މައްސަލާގައި ހައްޔަރު ކުރި އަޒްމީލް/ ފޮޓޯ: ފުލުހުން

އިނާ މޯލްޑިވްސް ގެ ދެ އޮފީސް ފަޅާލައި، އެތަނުގެ މުދަލަށް ގެއްލުންދީ ވައްކަން ކުރި މައްސަލާގައި ރޭ މީހަކު ހައްޔަރު ކޮށްފި އެވެ.

Ads by MWSC

މީޑިއާތަކަށް ފޮނުވި މެސެޖުގައި ފުލުހުން މިއަދު ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ރ.މީދޫ / ބުލްބުލާގެ އަޒްމީލް މުހައްމަދު (40އ) ކަމަށެވެ.

އަދި އޭނާ ހައްޔަރުކޮށްފައިވަނީ ރޭ ދަންވަރު ކޯޓު އަމުރެއްގެ ދަށުން ކަމަށްވެސް ފުލުހުން ބުންޏެވެ.

އިނަ މޯލްޑިވްސްގެ ވެެރިޔަ މުހައްމަދު ފިރާގު "ދެން އޮންލައިން" އަށް ވިދާޅުވެފައިވާ ގޮތުގައި ވަގަށް ގެންގޮސްފައިވަނީ ޕެޓީ ކޭޝްގެ ގޮތުގައި އޮފީހުގައި ހުރި ފައިސާ ކަމަށެވެ.

ފޭސްބުކް ގައި ކުރި ޕޯސްޓެއްގައި ފިރާގު ވިދާޅުވީ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރަން ޒުވާނުން ރަނގަޅު މަސައްކަތް ކުރަން ޖެހޭ ކަމަށާއި, ވައްކަން ކުރުމަކީ އެކަމަށް އޮތް އެންމެ ރަނގަޅު މަގު ނޫން ކަމަށެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ވެސް އޮފީހެއް ފަޅާލައި ވައްކަން ކުރި ދެމީހަކު ހައްޔަރު ކޮށްފައިވެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!