އަންހެނަކު ރަހީނުކުރި މީހާ ޖަލުގައި އަމިއްލައަށް މަރުވާން އުޅެފި

މާލޭގައި އަންހެނަކު ރަހީނުކުރި ށ. މިލަންދޫ، އާދަމް އަތުހަރު، 32، ޖަލުގައި އަމިއްލައަށް މަރުވާން އުޅެފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަރުވާން މަސައްކަތްކޮށްފައިވަނީ މިހާރު އޭނާ ބަންދު ކޮށްފައިހުރި ގޮޅީގައެވެ. މައްސަލަ ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އޭނާއަށް މިވަގުތު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އޭނާ މަރުވި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވީނަމަވެސް, ފުލުހުން ވަނީ އެކަން ދޮގުކޮށްފައެވެ.
މީގެ ތިން ރޭ ކުރިން އަތުހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ އަންހެނަކު ރަހީނުކޮށްގެން އުޅެނިކޮށެވެ. އެ އަންހެން މީހާ ސަލާމަތް ކުރަން ފުލުހުން ބާރުގެ ބޭނުންކޮށް, މުގުރުން އޭނާ ބޮލުގައި ޖަހާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވި އެވެ.