ޚަބަރު

އަޒަރުބައިޖާންގެ ގައުމީ އެއާލައިންގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ 

ޢާއިޝަތު ނުހާ ، ދެން އޮންލައިން
އަޒަރުބައިޖާންގެ ގައުމީ އެއާލައިން/ ފޮޓޯ: އޭވިއޭޝަން ނިއުސް

އަޒަރުބައިޖާންގެ ގައުމީ އެއާލައިން، އަޒަރްބައިޖާން އެއާލައިންގެ ދަތުރުތައް ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު ރާއްޖެއަށް ފަށަން ނިންމައިފި އެވެ.

Ads by STELCO

މިދިޔަ ހޯމަ ދުވަހު އެ އެއާލައިނުން ކުރި އިއުލާނެއްގައި ބުނީ އަޒަރުބައިޖާންގެ ވެރިރަށް, ބަކޫއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ސީދާ ދަތުރުތައް ފަށާއިރު އެއީ އެ އެއާލައިންގެ ތާރީހުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށެވެ.

އެ ދަތުރުތައް ވެގެންދާނީ ދުނިޔޭގެ އެންމެ ރީތި މަންޒަރު ފެންނަ އެއް ރޫޓް ކަމަށް އެ އެއާލައިނުން ފާހަގަކުރެ އެވެ.

އަޒަރުބައިޖާން އެއާލައިނުން ބުނީ އެ ދަތުރުތައް ކުރަން ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއަކު ހުކުރު އަދި އާދީއްތަ ދުވަހު ކަމަށެވެ.

އަދި ޑައިރެކްޓް ފްލައިޓްގެ ސަބަބުން ދަތުރުފަތުރުގެ ވަގުތުތައް ވަރަށް ބޮޑަށް ކުޑަވެ, ލޭއޯވާގައި މަޑުކުރަން ނުޖެހޭނެ ކަމަށް ވެސް އެ އެއާލައިނުން ބުންޏެވެ.

އެ ދަތުރުތަކަށް އަޒަރުބައިޖާން އެއާލައިންގެ ވެބްސައިޓުންނާއި މޯބައިލް އެޕް އަދި އެ އެއާލައިންގެ ޓިކެޓް އޮފީސްތަކުން ޓިކެޓް ބުކް ކުރެވޭނެ އެވެ.

"އާ ރޫޓުގައި އެންމެ ފުރަތަމަ ދަތުރުކުރި މީހުންގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ގެއްލުވާނުލާށެވެ."

އެ އެއާލައިންއިން ރާއްޖެއަށް ދަތުރުކުރަން ފައްޓަން ނިންމާފައިވަނީ ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ދިމާކޮށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!