Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މާލޭގެ ބައެއް ސަރަހައްދުތައް ބަންދުކޮށް ކޮވިޑް-19އާ ގުޅޭ ޑްރިލްއެއް ފަށައިފި

ކޮވިޑް-19އަށް ތައްޔާރުވުމުގެ ގޮތުން މާލޭގެ ބައެއް ސަރަހައްދުތައް ބަންދުކޮށް ފުލްސްކޭލް ޑްރިލްއެއް ފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވަނީ ބުނީ މި ޑްރިލްގެ ހަރަކާތްތައް މާލޭގެ ތިން ސަރަޙައްދެގައި ކުރިއަށްދާނެކަމަށެވެ.

ޑްރިލް ކުރިއަށް ދާނީ، އެދުރުވެހި ފްލެޓް ބިލްޑިންގ އާއި ގާކޮޅި ފްލެޓް ބިލްޑިން އާއި މއ. ވިޔަނި ކިޔާ ގެއެއްގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ޑްރިލްގެ ހަރަކާތްތައް ކުރިއަށްދާނީ 12:30 އިން ފެށިގެން މެންދުރުފަހު 15:30އާ ހަމައަށް ކަމުގައި އެޗްޕީއޭއިން ބުނެއެވެ. އަދި މި ވަގުތުތަކުގައި ޑްރިލް ކުރިއަށްދާއިރު ޑްރިލް ކުރިއަށްދާ ހިސާބުތަކަށް މީހުން ވަދެނުކުމެވުން ހުއްޓުވުން އެކަށީގެންވާކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މާލޭގައި މީގެކުރިންވެސް ވަނީ ކޮވިޑް-19އާ ގުޅޭ ޑްރިލްއެއް ބާއްވާފައެެވެ. އެއީ ބައްޔަށް ޝައްކުވާ މީހާ އައިސޮލޭޝަންއަށް ގެންދާނެގޮތް ފަރިތަކުރުމަށް ބޭއްވި ޑްރިލް އެކެވެ.

Advertisement
Allied Insurance — Square (box)

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް