ދުނިޔެ

ކޯވިޑްް19: ބަލި ޖެހުމުން އެހެން މީހުންނަށް ބަލިޖެހުނަ ނުދޭން ވެގެން ކުރިކަމަކީ އަމިއްލައަށް މަރުވުން

ދެން އެމްވީ ، ދެން އޮންލައިން

އިޓަލީގެ އުމުރުން 34 އަހަރުގެ ނަރުހެއް ކޯވިޑް 19 އަށް ޕޮޒިޓިވް ވުމުން، އެހެން މީހަކަށް އޭނާ ފަރާތުން ބަލި ޖެހިދާނެތީ ބިރުން އަމިއްލައަށް މަރުވެއްޖެއެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޯވިޑް 19 މިހާރު އެންމެ ގަދަޔަށް ފެތުރެމުން ދަނީ އިޓަލީގައެވެ.

Ads by Sosun Fihaara

އިޓަލީގެ ހޮސްޕިޓަލެއް ކަމަށްވާ ލޮމްބާޑީގައި ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރާ ޑެނިއެލާ ޓްރެޒީ އެބަލި ޖެހުމުން އަމިއްލަ އަށް މަރުވީ އެހެން މީހަކަށް އޭނާ ފަރާތުން ބަލި ޖެހިދާނެތީ ވަރަށް ބިރުން އުޅުމަށްފަހުގައެވެ.

ދަ ނެޝަނަލް ފެޑަރޭޝަން އޮފް ނާސަސް އޮފް އިޓަލީ އިން ވަނީ ޑެނިއެލާ އަމިއްލަ މަރުވެފައިވާ ކަަން މީޑިއާތަކަށް ކަށަވަރު ކޮށްދީފައެވެ.

ޑެނިއެލާ ޓްރެޒީ މަސައްކަތް ކުރަމުން ދިޔައީ ކޯވިޑް 19 ޖެހިގެން ހާލު ސީރިއަސްވާ މީހުންނަށް ފަރުވާދޭ ހޮަސްޕިޓަލެއް ކަމަށްވާ މޮންޒާ ސިޓީގެ ސަން ގެރާރްޑޯގައެވެ. ނަމަވެސް އޭނާ ކޯވިޑް 19 އަށް ޕޮޒިޓިވް ވުމުން ވަނީ އެކަހެރިކޮށްފައެވެ. ޑެނިއެލާ މަސައްކަތް ކުރަމުން ދިޔަ ހޮސްޕިޓަލުގެ ޖެނަރަލް މެނޭޖަރ ބުނީ އޭނާ މަރުވިއިރު ބަލިކަމުން މަސައްކަތަށް ނުނިކުންނަތާ 10 ދުވަސް ވެފައިވާ ކަމަށެވެ.

މިހާތަނަށް އިޓަލީގައި ކޯވީޑް 19 ޖެހުނު މީހުންގެ އަދަދު ވަނީ 69176 އަށް އަރާފައެވެ. އެގައުމުގައި ކޯވިޑް 19 ޖެހިގެން އިއްޔެ އެކަނިވެސް ވަނީ 743 މީހުން މަރުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!