ޚަބަރު

މިސްކިތްތަކާއި އިސްލާމިކް ސެންޓަރުތައް އަޅަން 50.7 މިލިޔަން ދޫކޮށްފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ މަޝްރޫއެއްގެ ތެރެއިން/ ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީގެ ދަށުން ކުރިއަށް ގެންދާ 25 މަޝްރޫއުއަކަށް، 50.7 މިލިޔަން ރުފިޔާ މިއަހަރުގެ މިހާތަނަށް ދޫކޮށްފައިވާ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.

Ads by MWSC

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ ދަށުން ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ 21 މިސްކިތެއްގެ މަސައްކަތާއި 2 އިސްލާމިކް ސެންޓަރެއްގެ މަސައްކަތާއި، އެއް ގުރުއާން ސެންޓަރުގެ މަސަައްކަތް އަދި ސެޓުލްމަންޓު އެއްބަސްވުމުގެ ދަށުން މަސައްކަތް ކުރިއަށްދާ އެއް މިސްކިތް ކަމަށެވެ.

އެ މަޝްރޫއުތަކުގެ ތެރެއިން ބައެއް މަޝްރޫއުތަކުގެ މަސައްކަތް އަވަސް ކުރުމަށް ކުންފުނިތަކާއި ގުޅިގެން މަސައްކަތްކުރާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި ބައެއް މަޝްރޫއުތައް އަވަސްކަމާއެކު ކުރިއަށްދާ ކަމަށްވެސް އެ މިނިސްޓްރީން ފާހަގަކުރި އެވެ.

އޭގެ އިތުރުން ބުނީ މި ދައުރުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު ދެ މަޝްރޫއު ކަމަށްވާ ހުޅުމާލޭގައި އިމާރަތްކުރާ ވަގްފް ބިލްޑިން ކަމަށްވާ ދާރުލް ސަލާމްގެ މަސައްކަތާއި މާލޭގައި އިމާރާތްކުރާ ދާރުލް އަރުގަމްގެ މަސައްކަތް ފެށުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ މަސައްކަތުގެ ދަށުން މިހާރު ދާރުލް ސަލާމްގެ ޑިޒައިން އަދި ކުރެހުމުގެ މަސައްކަތް ނިންމާ ކޮންޓެކްޓަށް ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ދާރުލް އަރުގަމްގެ ކޮންސެޕްޓް އާއި ތަފްސީލީ ކުރެހުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތުދެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!