ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މި މަހުގެ 19 ން ފެށިގެން މާދަމާގެ ނިޔަލަށް ސަރުކާރު ވަނީ ބަންދުކޮށްފައެވެ.
އިތުރު އެއް ހަފްތާއަށް ސަރުކާރު ބަންދު ކުރުމަށް ނިންމައިފި
އިތުރު އެއް ހަފްތާއަށް ސަރުކާރުގެ އޮފީސްތަކާއި ސްކޫލުތައް ބަންދުކުރަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑް-19އިން ރައްކާތެރިވުމަށް ސަރުކާރުން އަޅާ ފިޔަވަޅެއްގެގޮތުން ކުރިއަށްއޮތް ހަފްތާގައިވެސް ސަރުކާރު ބަންދުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
ރައީސް ވިދާޅުވީ މިމުއްދަތުގެ ތެރޭގައި ސްކޫލުތަކާއި ހުރިހާ ކޮލެޖް، ޔުނިވާސިޓީތަކެއްވެސް ބަންދުވާނެކަމަށެވެ.
Ads by Allied Insurance