ދީނީ ހިދުމަތްކުރާ ޖަމިއްޔާތަކުގެ ފުރަތަމަ މަހާސިންތާ މާދަމާ ފަށަނީ

ދީނީ ޚިދުމަތްކުރާ ޖަމިއްޔާތަކުގެ މަހާސިންތާ މާދަމާ ފަށަން ނިންމައިިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއީ އެ މިނިސްޓްރީން ބާއްވާ އެފަދަ ފުރަތަމަ މަހާސިންތާ ކަމަށެވެ.
އެ މަހާސިންތާގައި 70 އަށް ވުރެ ގިނަ ޖަމިއްޔާތަކުން ބައިވެރިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ދީނީ ވަޙުދަތު ދެމެހެއްޓުމުގައި އެންމެން ގުޅިގެން މަސައްކަތްކުރުން ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
މިދިޔަ މެއި މަހު އިސްލާމިކް މިނިސްޓްރީން ވަނީ ތައުހީދާ ގުޅޭ ގޮތުން އިލްމީ މައުލޫމާތު ދިނުމަށް ސައުދީ އަރަބިއްޔާގެ އިސްލާމީ ކަންތައްތަކާބެހޭ މިނިސްޓްރީއާ ގުޅިގެން އިލްމީ ޕޯރަމްއެއް ވެސް ގެންގޮސްފަ އެވެ.
އަދި އެ ފޯރަމް ދެވަނަ ބެޗެއް ވެސް ކުރިއަށް ގެންދަން އިސްލާމިކް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.