ކުޅިވަރު

ހުކުރު ދުވަހުން ފެށިގެން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލަން ނިންމައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން، އަންނަ ހުކުރު ދުވަހުން ފެށިގެން ރާއްޖޭން އޮން-އެރައިވަލް ވިސާ ދިނުން ހުއްޓާލަން ނިންމާފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

Ads by MWSC

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން އަޅުއްވަމުން އަންނަ ފިޔަވަޅުތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުން އެންމެބޮޑު އިސްކަމެއް ދެއްވާނީ ރައްޔިތުންގެ ސަލާމަތަށް ކަމަށާއި އެގޮތުން ކޮވިޑް-19 ރާއްޖޭގައި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި އަންނަ ހުކުރުދުވަހުން ފެށިގެން ރާއްޖެއިން އޮން އެރައިވަލް ވިސާދިނުން ހުއްޓާލުމަށް ނިންމަވާފައިވާކަމަށެވެ.

މިއާއެކު ރާއްޖެއިން ބޭރުގެ އެއްވެސް މީހަކަށް ރާއްޖެއަށް އެތެރެ ނުވެވޭނެކަމަށާ، މި ފިޔަވަޅާއެކު އިޤްތިޞާދީގޮތުން ޤައުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެކަން ރައީސް ވިދާޅުވިއެވެ.

އޮންއަރައިވަލް ވިސާދިނުން ހުއްޓާލުމާއެކު، ރިސޯޓުތަކުގައި މިވަގުތުތިބި ފަތުރުވެރިންގެ ތެރެއިން އެންމެފަހު ފަތުރުވެރިޔާ ރިސޯޓުން ފުރާތާ 14 ދުވަސްފަހުން އެރިސޯޓްތަކުގައި ވަޒީފާ އަދާކުރައްވާ މުވައްޒިފުންނަށް ރަށްރަށަށް ދަތުރުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

މި ދަނޑިވަޅުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބެމުންދާ ގެއްލުންތަކާއެކު ލުއިގޮތްތަކެއް ސަރުކާރުން އެފަރާތްތަކަށް ހޯދައިދެއްވުމަށް މަސައްކަތް ކުރައްވަމުންދާކަމަށާ، ސަރުކާރުން މިހާރު ހަމަޖައްސަވާފައިވާ އިޤްތިޞާދީ ޕެކޭޖާއެކު މުވައްޒަފުން ވަޒީފާތަކުން ވަކިނުކޮށް މުސާރަދެވޭނެ ގޮތްތަކެއް ފަހިވެގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!