ޚަބަރު

ތިމަރަފުށީ ޝަހުދާ އަނެއްކާ ވެސް ކަޓަރުން ހަމަލާ ދީގެން ހައްޔަރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ތިމަރަފުށީ ޝަހުދާ--

ތޫނު އެއްޗެހިން ހަމަލާދިނުމާއި ކުށުގެ އެތަކެއް ރެކޯޑެއް އޮންނަ ތ. ތިމަރަފުށި ސަލްވާ، ފާތިމަތު ޝަހުދާ(30 އ.) އަނެއްކާވެސް އެފަދަ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

Ads by Hajj Corporation

ދީނަށް ފުރައްސާރަ ކުރުމާއި މުދަލަށް ގެއްލުންތައް ފަދަ އެތައް މައްސަަލަތަކާ ގުޅިގެން ތިމަރަފުށީގެ ރައްޔިތުން ނުކުމެ ކުރިން އޭނާއާ ދެކޮޅަށް މުޒާހަރާ ވެސް ކޮށްފައިވެ އެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ޝަހުދާ ވަނީ މާލޭގައި ފޯނު ވިއްކާ ތަނަކަށް ވަދެ ސޭޓެއްގެ ކަރަށް ވަޅި ހަރައިފަ އެވެ.

ކްރިިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން މި ފަހަރު ޝަހުދާ ހައްޔަރު ކުރީ މީހަކަށް ކަޓަރުން ކަމަށް ބެލެވޭ އެއްޗަކުން ހަމަލާ ދީގެން ކަމަށެވެ.

ނަމަވެސް މާރާމާރީ ހިންގި ކަމަށް  ޝަހުދާ އިންކާރުކޮށްފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި ޝަހުދާ ހަމަލާދިން ތަނަށް ދިޔައީ އޭނާގެ ފޯނު ހޯދަން ކަމަށް ބުނެ އެވެ. ނަމަވެސް އެއީ ފިހާރައެއް ކަމެއް ސީދާ ބުނެފައެއް ނުވެ އެވެ. ނަމަވެސް ބޮޑަށް ބެލެވޭ ގޮތުގައި މި ފަހަރުވެސް ޝަހުދާ ހަމަލާ ދިނީ ފޯނު ވިއްކާ ނޫނީ މަރާމާތު ކުރާ ތަނެއްގަ އެވެ.

މި ފަހަރު ޝަހުަދާ ދިން ހަމަލާއާ ގުޅިގެން އޭނާ 15 ދުވަހު ބަންދުކުރަން ވަނީ މުއްދަތުވެސް ޖަހައިފަ އެވެ.

ތޫނު އެއްޗެހިން ހަމަލާ ދިނުމަކީ ޖިނާއީ ބޮޑު ކުށެކެވެ. އަދި ގިނަ އަހަރުތަަކަށް ޖަލަށް ވެސް ލެވޭ ކުށެކެވެ. ނަމަވެސް އެ ކުށްތަކުގައި ޝަހުދާ ދޫވެފައި ހުންނަނީ ކީއްވެގެންކަން ސާފުނުވާ އިރު އޭނާއަކީ ނަފްސާނީ އަންހެނެއްކަމަށް ވެސް އަޑު ފެތުރިފައި ވެއެވެ.

Ads by HDC
  1. ކހބޑބލއއ

    • ދޫނި

      ތިމަރަފުށީ ސަހުދާ ތަ ހަމަޖަހަންވީ؟ ބޭނުމަކީ ރަށްވެސް ބްލޭމް ކުރުން ދޯ؟

  2. ހިޖުރަ

    ނަފުސާނީ ބަލި މީހުންގެ ޝިކާރަޔަކަށް އަނެކުންގެ ފުރާނަ ހުށަ އެޅިގެންދިޔުމަކީ ބަލާގަނެވޭނެކަމެއްނޫން ރަގަނޅުކޮއްލާ

  3. ކޮރަކަލި

    ނަފުސާނީ ކަމެއް ހުރިނަމަ އެފަދަމީހުން ގެންގުޅޭ ތަނެއްގައި ބަހަށްޓައިގެން ފަރުވާދީ ރަގަޅުވުމުން މުޖުތަމައުގެ ތެރެއަށް ދޫކޮއްފާ ބެހެއްޓުން ރަގަޅު ކަމައްދެކެން

  4. އުތުރުގެ ފަޤީރުމީހާ

    ރަނގަޅޭ ތިވަރު ، ދެން ދޫކޮށްލާ ، އޭރަށްތާ އަނެއްކާ މާދަމާ ވެސް އެކަހަލަ ކަމެއް ކޮށްލެވޭނީ، އާނ ދެންފަހެ، ގޮރުހެނޑިގެންތަ އަންހެނަކަށް ވީމަ އޭނަ ގަޔަށް އަރަންތަ ދޫކޮށް ތިލަނީ.

    • އަލިފުޅު

      މާދަން ވާނެ ދޫކޮއްލަން އެހެން ނޫނީ ލޯޔަރުން ނާއި ގާޒީން ބަނޑައްޖެހޭނެ

  5. ބަޗީ

    ބޮޑެތި ކުށްކުރާ ކޮންމެ މީހަކީ ނަފްސާނީ މީހަކަށްވެފައި މި އޮންނަނީ. އެކަމަކު ނަފުސާނީ ފަރުވާއެއް ނުހޯދާ. ނަފުސާނީ ވެފައި ތިބޭ ތިކަހަލަ މީހުންނަށް މީހުންގެ ތެރެއަށް ނުނިކުމެވޭ ގޮތަށް ބަންދުކުރަންވީނު؟

  6. ތިމަރަފުށި ދަރިއެއް

    ޝަހުދާ އަކީ ބުއްދި ހަމަޖެހޭ މުރުތައްދެއް. އޭނަ ބުއްދި ހަމަނުޖެހޭ ގަޑި އަކަށް އަންނަނީ ބޮއެގެން ހުންނަ ގަޑި އެކަނި.

  7. އަމާން

    ޙުކުމް ތަންފީޒު ނުކުރެވޭތީ……ޤަބޫލު ކުރިޔަސް ނުކުރިޔަސް…..ޙައްލަކީ ޢުމަރު….ކެރޭނެ…… ކުރާނެ……އެހިތްވަރު ހުންނާނެ…..އެކަން އޮތީ މިނިސްޓަރ ކަމުގައި ދައްކާފަ

  8. ތިމަންނަ

    ތިޔަ މީހާގެ ހާލަތު މިހާރު ގޮސްފައި އޮތް ހިސާބުން އޭނާއަށް ދޭން ޖެހޭނެ ފަރުވާއަކީ ، ކޮޓަރިއަކަށް ވައްދާ ރެއަކާ ދުވާލު ދެ އިރު 10 ދުވަސް ވަންދެން ، ހިކި މިރުހުން ދުން އެޅުމެވެ. (މުޖައްރިބް)