ޚަބަރު

ރާއްޖެއިން ކޮރޯނާ ވައިރަސް ޖެހުނު އިތުރު 3 މީހަކު ރަނގަޅުވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ދިވެހި ރާއްޖެއިން ކޯވިޑް 19 އަށް ޕޮޒިޓިވް މީހުންގެ ތެރެއިން އިތުރު 3 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ. މިހާރު ފަރުވާ ދެމުން ދަނީ 5 މީހުންނަށެވެ.

Ads by Sosun Fihaara

މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވީ، ބަލިޖެހުނު 13 މީހުންގެ ތެރެއިން މިހާރު 8 މީހުން ބަލިން ރަނގަޅު ވެފައިވާ ކަމަށެވެ. މިހާރު ރާއްޖޭގައި ފަރުވާ ދެމުން ދަނީ 5 މީހުންނަށެވެ.

ރާއްޖޭގެ ކޯވިޑް 19 ފެތުރުން ހުއްޓުވުމަށްޓަކައި ސަރުކާރުން ވަނީ ސުކޫލުތަކާއި ކޮލެޖްތަކާއި އަދި ސަރުކާރު އިތުރު އެއް ހަފްތާއަކަށް ބަންދުކޮށްފައެވެ. މީގެ އިތުރުން ބީއެމްއެލް އިން ދޫކޮށްފައިވާ ލޯނުތައް ދެއްކުން ވެސް ވަނީ ހަ މަސް ދުވަހަށް ލަސްކޮށްދީފައެވެ.

ކޯވިޑް 19 ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 4 ލައްކައަށް އަރާފައެވެ. މީގެ އިތުރުން މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ ދިހަ ހާހަށަވުރެ އިތުރުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!