ޚަބަރު

ބީއެމްއެލްއިން ދޫކޮށްފައިވާ ހުރިހާ ލޯނުތަކެއް ދެއްކުން 6 މަހަށް ފަސްކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ލޯނުތައް ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްދޭން ނިންމާފިއެވެ.

މިހާރު ރައީސް އޮފީހުގައި ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވީ، ބީއެމްއެލް އިން ދޫކޮށްފައިވާ ލޯންތައް ދެއްކުން ހަ މަސް ދުވަހަށް ފަސް ކޮށްދީފައިވާ ކަމަށެވެ.

މިހާރު ވަރަށް ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ވަނީ ސަރުކާރު އިތުރު އެއް ހަފްތާއަށް ބަންދުކޮށްފައެވެ. މީގެ އިތުރުން މިމަހުގެ 27 ފެށިގެން އޮން އެރައިވަލް ވިސާ ދޫކުރުން މެދުކަނޑާލުމަށްވެސް ަަސަރުކާރުން ވަނީ ނިންމާފައެވެ.

ރާއްޖޭއިން ކޯވިޑް 19 އަށް ޕޮޒިޓިވް 13 ދިވެހިން ފެނިފައިވާއިރު މިހާރު ވަނީ އޭގެ ތެރެއިން އަށް މީހަކު ރަނގަޅުވެފައެވެ. މިހާރު ފަރުވާ ދެމުން ދަނީ 5 މީހަކަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!