ޚަބަރު

ރާއްޖެ މިއޮތީ ލޮކްޑައުންގައި - ރައީސް

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެ މިހާރުވެސް މިއޮތީ ލޮކްޑައުން ގެ ހާލަތެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެންވިދާޅުވެފައިވަނީ މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

Ads by MWSC

ރާއްޖެ ލޮކްޑައުން އަކަށް ގޮސްދާނެތޯ ނޫސްވެރިޔަކު ކުރި ސުވާލެއްގެ ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ރާއްޖެ ލޮކްޑައުންއަކަށް މިއޮތީ ގޮސްފައިކަމަށާއި މިއަށްވުރެ ބޮޑު ލޮކްޑައުންއަކަށް ދާނެ ހެން ހީނުވާކަމަށެވެ. 24 ގަޑިއިރު ފަހުން ބޭރުން ، ރާއްޖެއަށް މީހުން އެތެރެނުވެވޭނެ ކަމަށާއި ރިޒޯޓުތަކުގައި ތިބި މީހުނަށް އެހެން ތަންތަނަށް ނުދެވޭނެކަން ވެސް ރައީސް ފާހަގަ ކުރައްވާފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!