ވޯލްޑް ބޭންކުން ރާއްޖެއަށް 10 މިލިއަން ޑޮލަރު ދީފި
ވޯލްޑް ބޭންކުން ދިވެހިރާއްޖޭގެ ކޯވިޑް-19 ފަންޑަށް 10 މިލިއަން ޑޮލަރު ދީފިއެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވީ، ވޯލްޑް ބޭންކުން ރާއްޖޭގެ ކޯވިޑް 19 ފަންޑަށް 10 މިލިއަން ޑޮލަރު ދީފައިވާ ކަމަށެވެ.
މިހާރު ވަރަށް ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ވަނީ ސަރުކާރު އިތުރު އެއް ހަފްތާއަށް ބަންދުކޮށްފައެވެ. މީގެ އިތުރުން މިމަހުގެ 27 ފެށިގެން އޮން އެރައިވަލް ވިސާ ދޫކުރުން މެދުކަނޑާލުމަށްވެސް ަަސަރުކާރުން ވަނީ ނިންމާފައެވެ.
މީގެ އިތުރުން ބީއެމްއެލް އިން ދޫކޮށްފައިވާ ލޯނުތައް ދެއްކުން 6 މަހަށް ލަސްކޮށްފައިވާއިރު މަތީ ތައުލީމް ހާސިލުކުރުމަށް ކުދިންނަށް ދޫކޮށްފައިވާ ސްޓޫޑެންޓް ލޯނުތައް ދެއްކުން ވެސް ވަނީ 6 މަސް ދުވަހަށް ލަސްކޮށްދީފައެވެ
ދިވެހި ރާއްޖެއިން ކޯވިޑް 19 13 ބިދޭސީއަކަށް ޖެހުނު އިރު، މިހާރު ވަނީ އެތަނުން 8 މީހަކު ރަނގަޅުވެފައެވެ. މިހާރު ފަރުވާ ދެމުން ދަނީ 5 މީހަކަށެވެ.