ޒުވާން ހަތަރު ޚަތީބަކު މާދަމާ ޚުތުބާ ދެއްވަނީ

އިސްލާމިކް މިިނިސްޓްރީން ޒުވާން ޚަތީބުން ތަމްރީން ކުރުމުގެ ބޮޑު ޕްރޮގްރާމެއް ހިންގުމަށް ފަހު، މާދަމާ މާލެ ސަރަހައްދުގެ ހަތަރު މިސްކިތެއްގައި އެއިން ހަތަރު ޚަތީބަކު ޚުތުބާ ދެއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ޕޯސްޓްކުރި ގޮތުގައި މާދަމާ ހުކުރު ނަމާދުގެ ޚުތުބާ ދެއްވާ ޒުވާން ޚަތީބުންނަކީ:
- މުހައްނަދު މަބާހު މުހައްމަދު، މަސްޖިދުލް އިބްރާހީމް
- އަބްދުﷲ ބިން އިމްޖާދު، މަސްޖިދުލް ޝައިހު މުހައްމަދު ޖަމީލް ދީދީ (ފައިފޮހޭ މިސްކިތް)
- ލައިޘު ބިން ނިއުޝާދު، މަސްޖިދުލް ބިއްރި، ވިލިމާލެ
- ޔޫސުފް ބިން މުހައްމަދު، މަސްޖިދުލް ސަބީލް، ހުޅުލެ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއެކު ކުރިއަށް ގެންދާ އެ ޕްރޮގުރާމް މިހާތަނަށް 300 އަށްވުރެ ގިނަ ޒުވާނުން ފުރިހަމަކޮށްފަ އެވެ. ސަރުކާރުގެ އަމާޒަކީ، މި ރިޔާސީ ދައުރުގައި ޒުވާން 1،000 ޚަތީބުން ތަމްރީނު ކުރުމެވެ.
ސާބަހޭ ޝަހީމް